ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި، މީހަކު ހައްޔަރުކޮށްފި

މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި، މީހަކު ހައްޔަރު ކުރުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާގައި މަރުވީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަމަށެވެ.

މިއަދުގެ ހެނދުނު 10:00 ހާއިރު، މާވަށު ވޮލީ ކޯޓު ދިން އެ ހަމަލާގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަމެއް އަދި ސާފެއް ނޫނެވެ.

ފުލުހުން ބުނީ މޫސާ އިބްރާހީމަށް ހަމަލާދިންކަމުގެ ތުހުމަތުގައި، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29 އ.) އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މޫސައަށް ހަމަލާދީފައި ވަނީ، ނޭނގި ހުއްޓައި ފަހަތުންގޮސް ކަރަށް އަމާޒުވާ ގޮތަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: