ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތުކުރުން ރަނގަޅުކަމަށް ބައެއް މެމްބަރުން ދެކޭ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މާލެއާއި އެހެނިހެން ސަރަހައްދުތަކުގެ ދެމެދު ތަފާތުކުރުން ގެންގުޅުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ވަކާލާތުކުރެއްވުމާއިމެދު ހިތާމަކުރައްވާކަމަށް މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، ހުރިހާ ދިވެހިންނަށްވެސް ލިބޭ ހިދުމަތްތަކާއި އިނާޔަތްތަކެއް ހުންނަކަމަށެވެ. އަދި މާލެ ސަަރަހައްދާއި އެހެން ސަރަހައްދެއް ނަމަވެސް ގާނޫނުއަސާސީގައި މިގޮތަށް ބަޔާންކޮށް ކަނޑައެޅިފައިވާކަމަށް ހިއްސާކުރެއްވިއެވެ. އަމީން ވިދާޅުވީ، ދައުލަތުން ހިދުމަތެއްދޭއިރު ތަފާތުކުރުންތަކެއް ހުރުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ދެކިވަޑައިގަންނަވާކަން ފާހަގަކުރެވޭކަމަށާއި އެކަމާއިމެދު ހިތާމަކުރައްވާކަމަށެވެ. ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ވަކާލާތުކުރައްވަމުން ގެންދާތީ ހިތާމަކުރައްވާކަމަސެވެ.

ޓެކްސް ދެއްކުން ފަދަ ބައެއް މުހިންމު ކަންކަމުގައި މާލެއާއި އެހެނިހެން ރާއްޖޭގެ ސަރަހައްދުތައް ދެމެދު ތަފާތުކުރުންތަކެއް ނެތްކަމަށް އިޝާރާތްކުރެއްވިއެވެ. އަދި މާލެއަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ހިދުމަތްތައް ދެވޭނެގޮތަށް ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައި ސަރުކާރުގެ ކުންފުނިތަކަށް ބިން ދީފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، އަސާސީ ހިދުމަތެއް ދޭއިރު އެއީ މާލީ މަންފާއެއް ހާސިލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭ މަސައްކަތެއްގެ ގޮތުގައި ދެކޭނަމަ ކުރިމަގުގައިވެސް ގެއްލުންތައް ވަމުންދާނެކަމަށެވެ.

އަމީން ވިދާޅުވީ، ގައުމެއްގެ އިގްތިސާދުގެ އެންމެ މުހިންމު ބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމަށެވެ. އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވިޔަފާރިތަކަށް ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑުވުން ފާހަގަކުރެވިފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ލޯކަލް ޓުއަރިޒަމް ތައާރަފްކޮށް މާލެ ނޫން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގޮނޑުދޮށްތަކާއި ރަށްތަކުގެ ރީތިކަން ވިއްކައިގެން މަންފާތަކެއް ހާސިލުކޮށް އެނދުތައް އިތުރުކުރެވިގެންދިޔަ ހިސާބުންކަމަސެވެ.

ކުރިން މި މައްސަލަ މަޖިލީހަށް ހުށައެޅިގެން ގޮސްފައިނުވާކަމާއިމެދު ސުވާލު އުފައްދަމުންދާކަމަށް އިޝާރާތްކުރައްވާ މެމްބަރު ވިދާޅުވީ، މިހާރު ލޯކަލް ޓުއަރިޒަމްގެ ތެރޭގައި ކޮޓަރީގެ އަދަދުތައް ހުރީ މީގެ ކުރިން ހުރި މިންވަރަށް ނޫންކަމަށާއި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ހައްލެއް ނައިސްފި ހާލަތެއްގައި މިހާރަށްވުރެ އަންނަ ދައުރެއްގައި މި ވާހަކަތައްވެސް ދެކެވޭ މިންވަރު އިތުރުވެގެންދާނެކަމަށް ހިއްސާކުރެއްވިއެވެ.

މި ވާހަކަތައް ދައްކަމުންދަނީ އެމްޑީޕީގެ ސަރުކާރަށް މިކަން ނުފެނިގެން ނޫންކަމަށާއި ރައްޔިތުންގެ ތެރޭގައި ހައްލެއް ބޭނުންވެފައިވާކަމުގެ އަޑުތައް ގަދަވަމުންދިއުމުންކަމަށް މައުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުންވެސް މިކަމުގައި ލުއިތަކެއް ދިންކަމަށާއި ރަށްވެހިފަތިހުގެ ދަށުންނާއި އެޖެންޑާ19ގެ ދަށުން ކުރި މަސައްކަތްތަކުންވެސް ފައިދާތަކެއް ލިބިގެން ގޮސްފައިވާކަމަށޭވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: