ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރިން: ރައީސް ޑިސަނަޔަކެ

ސްރީލަންކާގެ ރައީސް ޑިސަނަޔަކެ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ސްރީލަންކާގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދާއިރާއިން ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި މަޝްވަރާކުރެވިފައިވާކަމަށް އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކާގެ ރައީސް ޑިސަނަޔަކެ ވިދާޅުވީ، ރާއްޖެއާއި އެ ގައުމުގެ ދެމެދު އޮތް ގުޅުމަކީ އެތައް ޒަމާންތަކެއްގެ މަތިން ދެމެހެއްޓިފައިވާ ގުޅުމެއްކަމަށެވެ. އަދި ދެ ގައުމަކީވެސް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގައުމުތަކެއް ކަމަށްވުމުން ވިޔަފާރީގެ ގޮތުގުންނާއި ތާރީހީގޮތުންވެސް ގުޅުންތައް އޮތްކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރެއްވިކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި ރާއްޖެއިން އަބަދުވެސް އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދޭކަމަށްވުމުން ޝުކުރުވެރިވާކަމަށް ހިއްސާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުންވެސް މުހިންމުކަމާއިމެދު ދެ ބޭފުޅުންނަށްވެސް އިއްތިފާގުވެވޭކަމަށެވެ.

ސްރީލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ރާއްޖެއަކީ މަސައްކަތްތައް ކުރުމަށްޓަކައި ދިރިއުޅުމަށް ރަނގަޅު މަންޒިލަކަށް ރާއްޖެ ވެގެންދާކަން ކަށަވަރުކުރައްވާކަމަށް ޝުކުރު އަދާކުރެއްވިއިރު ރާއްޖޭގެ އިގްތިސާދާއި މުޖުތަމައު ކުރިއެރުވުމުގައި އެފަރާތްތަކުން އަދާކުރާ ދައުރާއިމެދު އުފާކުރައްވާކަމަށް ހިއްސާކުރެއްވިއެވެ. އަދި އެ ގައުމުގައި މަސައްކަތްކުރާ ދިވެހިންގެ ފަރާތުން ލިބިގެންދާ ކުރިއެރުންތައްވެސް ބަލައިގަންނަކަމަެވެ.

ދެ ގައުމުގެ ދެމެދު ތައުލީމީ ދާއިރާއިން ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާް އިޝާރާތްކުރައްވާ ރައީސް ޑިސަނަޔަކެވަނީ އެ ގައުމުން ރާއްޖޭގެ ދަރިވަރުންނާއި ޕްރޮފެޝަނަލުން ތައްޔާރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އެކަން އިތުރަށް ފުޅާކުރުމާއިމެދު މަޝްވަރާކުރެވިފައިވާކަމަށެވެ. މި ފުރުސަތުގައި ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓުމެންޓް އިތުރުކުރުމަށްވެސް މަޝްވަރާކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖޭގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭ މަންޒިލަކަށް އަބަދުވެސް ވެގެންދާނެކަން އުފަލާއިއެކު ދަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: