ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި، މީހަކު ހައްޔަރު ކުރުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާވަށުގައި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި މަރުވީ އެ ރަށު މޫސާ އިބްރާހިމް، 29، އެވެ.

މައްސަލައިގައި ހަމަލާ ދިން މީހާ ހައްޔަރުކޮށް، ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުނެރެދީފަ އެވެ.

އެ ދެ މީހުންގެ ދެމެދުގައި މަރާމާރީއަކަށް ގޮސް، ހަމަލާ ދޭ ހިސާބަށް ދިޔައީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އިބްރާހިމް ކުއްލި ގޮތަކަށް ގޮސް މޫސަގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިނީ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ހަމަލާ ދޭން ބޭނުން ކުރި ވަޅި، އެ ރަށު މޫދު އަޑން ހޯދާފަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ހާދިސާއާއި ގުޅޭގޮތުން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: