މިއަދު ރަޝިއާގެ ކަމްޗަޓްކާ ޕެނިންސިއުލާގައި ހިނގި ބާރުގަދަ ބިންހެލުމާ ގުޅިގެން، ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދީފި އެވެ.
މި ބިންހެލުން އައިސްފައި ވަނީ ރަޝިއާގެ އިރުމަތީގައިވާ ކަމްޗަޓްކާ ޕެނިންސިއުލާގައެވެ.
މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޕެޓްރޯޕަވްލަސްކް-ކަމްޗަޓްސްކީގެ އިރުމަތިން 136 ކިލޯމީޓަރު ދުރުގައި ހިނގި މި ބިންހެލުމުގެ ބާރުމިން 8.7 މެގްނިޓިއުޑްއަށް އަރާފައިވެއެވެ. މި ބިންހެލުމާ ގުޅިގެން ރަޝިއާ އަދި ޖަޕާން ފަދަ ގައުމުތަކަށް ސުނާމީގެ އިންޒާރު ދީ، ބައެއް ގައުމުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މި ބިންހެލުމުގެ އަސަރު އިންޑިއާ ކަނޑަށްކޮށްފައި ނުވާތީ، ދިވެހިރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތެވެ. އަދި ބުނީ ސުނާމީގެ އިންޒާރު ދީފައިވަނީ ހަމައެކަނި ޕެސިފިކް ކަނޑުގެ ސަރަޙައްދުގައިވާ ގައުމުތަކަށް ކަަށެވެ.
މެޓް އޮފީހުން ބުނީ އެ އިދާރާއިން، މިކަމާއި ގުޅުން ހުރި މައުލޫމާތުތައް ހޯދައި ގާތުން ބަލަމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކަށް ސުނާމީގެ ރާޅުތައް ރެކޯޑު ކުރެވިފައިވާކަމަށް ބުންޏެވެ.

