ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާ ޝިޕްމަންޓުތައް ބޭލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް!

އެމް.ޕީ.އެލްގެ ކާގޯ އޮޕަރޭޝަންސްއިން ކުރި މަސައްކަތުން ބޯޓުތަކުން ފިޔާ ޝިޕްމަންޓުތައް ބޭލިފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފިޔާ ލިބުން ދަތިވެފައިވާއިރު، އެމް.ޕީ.އެލްގެ ކާގޯ އޮޕަރޭޝަންސްއިން ކުރި މަސައްކަތުން ބޯޓުތަކުން ފިޔާ ޝިޕްމަންޓުތައް ބޭލިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓު ބޭލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ދެ ދުވަހު މާލޭގެ ފިހާރަތަކުންވެސް ބިސް އަދި ފިޔާ ވިއްކަމުން ދިޔައީ ލިމިޓްކޮށްގެންނެވެ. އަދި ބައެއް ފިހާރަތަކުން ފިޔާ އެއްކޮށް ހުސްވެސްވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އެމްޕީއެލްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވިކަމަށެވެ.

އެހެންނަމަވެސް، އެމް.ޕީ.އެލްގެ ކާގޯ އޮޕަރޭޝަންސްއިން ކުރި މަސައްކަތުން 3 ބޯޓަކުން މިހާރު ވަނީ މުދާ ބާލައި ހުސްކޮށްފައެވެ. އަދި އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަމަށްވެސް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރަށް އަންގާރަ ދުވަހު އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތްވެސް މޫސުން ތަންދޭ މިންވަރަކުން މިއަދު ކުރިއަށް ގެންދާނެކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އެގޮތުން މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައިވެސް 3840 ބަސްތާ ފިޔާ ހިމެނެއެވެ.

ފިޔާ އަދި ބިހުގެ ޝިޕްމަންޓް

އެމްޕީއެލްއިން ހިއްސާކުރި ފޮޓޯތަކަށް ބަލާއިރު، ހުސްކޮށްފައިވާ ޝިޕްމަންޓުތަކުގައި ފިޔާ އަދި ބިސްވެސް ހިމެނެއެވެ.

މިހާރު ފިޔާ ކިލޯއެއް ލިބެނީ އެވްރެޖުކޮށް 25 ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: