ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގެ ތެރޭގައި އެމްޕީއެލްއިން 1183 ކޮންޓެއިނަރު ކްލިއާކޮށްފި

އެމްޕީއެލްއިން މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ހިންގާ މަންޒަރު/ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) 1،183 ކޮންޓެއިނަރު ކްލިއާރ ކުރިކަމަށް، އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ ޖުލައި 20 ވަނަ ދުވަހުން، ޖުލައި 26 ވަނަ ދުވަހުގެ ނިޔަލަށް އެމްޕީއެލްއިން ވަނީ 1،183 ކޮންޓެއިނަރު ކްލިއާކޮށްފައެވެ. އޭގެތެރެއިން، 383 ކޮންޓެއިނަރަކީ، 20 ފޫޓުގެ ކޮންޓެއިނަރެވެ. އަދި، 400 ކޮންޓެއިނަރަކީ، 40 ފޫޓުގެ ކޮންޓެއިނަރެވެ.

މީގެއިތުރުން، އެމްޕީއެލްއިން ކްލިއާކުރި ކާބޯތަކެތީގެ ބާވަތް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާގެ ތެރޭގައި، ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދުންކެޔޮ، ޕައިންއެޕަލް، ކެބެޖު، ބަރަބޯ އަދި ބްރިންޖަލް ހިމެނެއެވެ.

އަވަހަށް ކުނިވާ ޒާތުގެ ނުވަތަ ”ޕެރިޝަބަލް“ ތަކެތީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބިހުގެ 8902 ޕެކޭޖާއި، ފިޔާގެ 6176 ޕެކޭޖާއި، ކަރާގެ 5115 ޕެކޭޖާއި، އަލުވީގެ 2740 ޕެކޭޖާއި، ޓޮމާޓޯގެ 1980 ޕެކޭޖާއި، ދޮންކެޔޮގެ 1716 ޕެކޭޖާއި، އަލަނާސީގެ 1545 ޕެކޭޖާއި، ކެބެޖުގެ 1480 ޕެކޭޖާއި، ބަރޮބޯގެ 802 ޕެކޭޖާއި އަދި ބަށީގެ 345 ޕެކޭޖު ވަނީ އެމްޕީއެލްއިން މި މުއްދަތުގެ ތެރޭގައި ކްލިއަރ ކޮށްފައެވެ.

ހަމައެއާއިއެކު، ކާގޯ އޮޕަރޭޝަންތަކުގައި 4 ކޮންޓެއިނާ އުޅަނދު އަދި 4 ޖެނެރަލް ކާގޯ އުޅަނދު ބޭނުންކުރެވިފައިވާކަމަށްވެސް އެމްޕީއެލްގެ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: