ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސް، ގުޅިފައިވާ ބަޔާން ދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައްޔިތުން ރާއްޖެއަށް އަންނަ އިރު 90 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ދޫކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މި މައުލޫމާތު ހާމަކޮށްފައިވަނީ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައެވެ. މިއީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން، ދެ ގައުމުގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހިންނަށްވެސް ލަންކާއަށް ދަތުރުކުރާއިރު 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުންދާކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން އަދި ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. މި ނިންމުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މި ނިންމުންތަކުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: