ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ސިޔާސީ ޕާޓީތައް ދެކެ ފޫހިވެއްޖެ، އެކަމާއިމެދު ވިސްނަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މިއަދު ސިޔާސީ ޕާޓީތައް ދެކެ ފޫހިވެފައިވާ ކަމަށާއި ޑިމޮކްރެޓިކް ވިސްނުން ހުރި ސިޔާސީ ޕާޓީތަކުން އެކަމާއި މެެދު ވިސްނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވދާޅުވެއްޖެއެވެ.

”ރީބޫޓް“ ގެ ނަމުގައި ކުރިޔަށް ގެންދާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް ރައްޔިތުންނާއި ހިސާބަށް އެވާހަތައް ދިޔަ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވާހަކަތަކެއް ރައްޔިތުންނާއި ހިސާބަށް ހުށައަޅައިގެން، އެކަން ރައްޔިތުންނަށް ކަމުގޮސްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ވިސްނުން ގާނޫނުގައި އޮތް ގޮތާއި ދިމާލަށް ދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ ޑިމޮކްރަސީ ގަބޫލު ނުކުރާ ބޮޑު ޕަސެންޓެއް ރާއްޖޭގައި އޮތުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހާއްސަ ގޮތެއްގައި އެ ބައިގައި ސިޔާސީ މީހުން ހިމެނޭ ކަމަށާއި، އެމީހުން ދޮގު ހަދައިގެން ނުވަތަ ޒާތީ އެކި ކަންކަމުގައި ވިޔަސް، ރައްޔިތުން ދެބައި ކޮށް އެމީހުންގެ ފަޅިއަށް ރައްޔިތުން އަރުވައިގެން މަސައްކަތްތަކެއް ކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

”ހަގީގަތުގައި ވެގެން މިއުޅޭ ގޮތަކީ ރައްޔިތުން ވަރަށް ފޫހި ވެއްޖެ މި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަމުގެ ތެރެއިން. އެއީ  ވަރަށް ހިތާމަވެރިކަމެއް. އެއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ސިޔާސީ ނިޒާމެއްގެ ތެރެއިން. އެއް ޕާޓީ ސިސްޓަމުގައިވެސް ސިޔާސީ ޕާޓީއެއް އެބަ އޮވޭ. އެއް ޕާޓީ ސިސްޓަމުގައި އެ ޕާޓީއާއި އިދިކޮޅަށް އެއްޗެއް ބުނަނެ މީހަކު ނެތް. މިސާލަކަށް ޗައިނާ ތަންތާންގައި އަނގަޔަކުން ނުބުނެވޭ ކޮންމެ ފަދަ ކަމެއް ކުރިޔަސް. އަޅުގަނޑުމެންގެ ތެރޭގައި ޗައިނާއަށް ވަރަށް ތައުރީފް ކުރާ މީހުން އުޅޭ އެއީ ތަރައްގީއޭ ކިޔާފައި. ބައްލަވާ އެތާ ގޮސް އުޅެލީމަ އިނގޭނީ އާއްމު ރައްޔިތު މީހާގެ މިނިވަންކަމެއް ނެތް ކަން“

ސިޔާސީ ޕާޓީތަކުގެ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި ތަގައްޔަރު ކަމެއް އުފައްދަނީ ރައްޔިތުންގެ ބާރާއި އިދިކޮޅު މީހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަމަށް ރައްޔިތުން ބޯ ލަނބާ މަންޒަރު ފެންނަ ކަމަށާއި އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭރަށް އެ ދެވެނީ ހުދުމުހުތާރު ހުރިހާ ނިޒާމަކާއި ދިމާއަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވ ސިޔާސީ ޕާޓީތަކުން އެކަމާއި ވިސްނަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ޑިމޮކްރެޓިކް ވިސްނުން ހުރި ސިޔާސީ ޕާޓީތަކުން އެކަމާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. ވިސްނައިގެން އެކަމަށް ހުށިޔާރުވެ ތިބެ ރައްޔިތުންގެ އިތުބާރު ހޯދަން ވަރަށް ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: