ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކޮއި ގްރޫޕާމެދު ފިޔަވަޅު އަޅައިފި!

ހަރަމްފުޅުގައި ބަޔަކު އުމްރާގެ އަޅުކަމުގައި.-- ފޮޓޯ:އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށް ފަހު، ފުރަން ގާތްވެފައި ވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރު ކުރެވެން ނެތްކަމަށް އެންގި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.

މީގެ ކުރިންވެސް އަސްކޮއި ގްރޫޕާ ގުޅޭގޮތުން މިފަދަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި އެ ގްރޫޕާމެދުގައި ފިޔަވަޅުވެސް އަޅާފައިވެއެވެ.

މިފަހަރުވެސް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އަދި މިމަހުގެ 24 ގައި ދުވަހު ފުރަން ބައެއް މީހުންނަށް އެންގުމަށްފަހު ފުރުމަށް ހަފްތާއަކަށްވެފައިވަނިކޮށް ނުފުރޭނެކަން ފައިސާދެއްކި ފަރާތްތަކަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

މި މައްސަލައިގަައި މިނިސްޓަރ ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކާމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެކަމުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ އަސްކޮއި ގްރޫޕުން ހިލާފުވެފައިވާތީ އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް އިތުރު ފިޔަވަޅުތައް އަޅާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި، ކުންފުނި ޖޫރިމަނާ ކުރުމާއި، އަސްކޮއި ޓްރެވަލް ސާވިސް ލިމިޓެޑް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނުދިނުން ހިމެނެއެވެ. 

ހަމައެއާއެކު، މި މަހުގެ އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އަނބުރާ ހަވާލުކުރުމަށް އެންގުމާއި، މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުމަށްވެސް މިނިސްޓްރީން ނިންމާފައިވެއެވެ. 

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގަައި އަސްކޮއި ގުރޫޕު ޖުރިމަނާ ކުރިއެވެ. އެއީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއިމި މިނިސްޓްރީ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.

އެފަހަރު އެ މައްސަލަ ފެންމަތިވުމާ ގުޅިގެން އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގި އެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލައި ފައިސާ ދެއްކި ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އެފަހަރު ވަނީ ކުންފުންޏަށް އަންގާފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު ހަރުދަނާކޮށް، އެ އުސޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: