ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޤައުމުތަކާއިއެކު ބޭއްވޭ ބައްދަލުވުންތަކުގެ ސަބަބުން މަޤްބޫލް ޔުނިވާސިޓީތަކުން ފުރުޞަތުތަށް އިތުރުވެގެންދާނެ: މިނިސްޓްރީ

ސަޢުދީގެ އެމްބެސެޑަރު މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ޤައުމުތަކާއިއެކު ބޭއްވޭ ބައްދަލުވުންތަކުގެ ސަބަބުން މަޤްބޫލް ޔުނިވާސިޓީތަކުން ފުރުޞަތުތަށް އިތުރުވެގެންދާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ވުޒާރާއިން ހާމަކޮށްފައިވަނީ މަތީ ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމާ ގުޅޭގޮތުން ސަޢުދީ އަރަބިޔާގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ ޔަހްހާ ހަސަން އަލްޤަތަނީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ޢިލްމީ ދިރާސާކުރުމުގެ ޕްރޮޖެކްޓްތަކުގެ އިތުރުން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމާ ގުޅޭ ޕްރޮގްރާމްތައްހިމެނެއެވެ.

ވުޒާރާއިން ފާހަގަކުރި ގޮތުގައި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ދިވެހި ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. ”މިއީ ދިވެހިރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމާއި، ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް“ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ދާދި ފަހުން މިނިސްޓަރު ހައިދަރު ވަނީ އުޒްބަކިސްތާންގެ އެމްބެސެޑަރ، ހިޒް އެކްސެލެންސީ މރ. ސަރޑޯރް ރުސްޓަމްބަހެވްއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) އަދި މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ދައުލަތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ސްޓާފް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: