6 ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމަށްޓަކައި، އެ މަސައްކަތް ނިންމާލުމަށް އަމިއްލަ 3 ކުންފުންޏަކަށް މިނިސްޓްރީ އޮފް ހެލްތުއިން ހަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެމުން ބުނެފައިވަނީ، ހއ. އަތޮޅުގެ ވަށަފަރާއި، ތުރާކުނުއާއި، ށ. އަތޮޮޅުގެ ޅައިމަގާއި، ނ. މަގޫދޫއާއި، ފ. ބިލެއްދޫ އަދި ދަރަނބޫދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އަމިއްލަ ތިން ކުންފުންޏަކަށް ހަވާލުކޮށް، އެ މަސައްކަތް ނިންމާލުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފިކަމަށެވެ.
ހއ. އަތޮޅުގެ ދެ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އަތޮޅުގެ ވަށަފަރު އަދި ތުރާކުނުގެ ސިއްހީ މަރުކަޒުގެ އަޕްގްރޭޑު ކުރުުުމުގެ މަސައްކަތްކުރުމަށްޓަކައި ހަވާލުކުރެވުނު އަމިއްލަ ކުންފުންޏަކީ، ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. އެގޮތުން، މި ކުންފުންޏާއި އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ވަށަފަރުގެ ސިއްހީ މަރުކަޒުގައި ކުރެވޭނެ އަޕްގްރޭޑު މަސައްކަތްތަކަށް ބަލާއިރު،
- ވޯޑް
- ޕްރައިވެޓް ރޫމް
- ލެބޯޓަރީ
- ނާސް ސްޓޭޝަން
- ޕްރޮސީޖާ ރޫމް
- ގަރޖާޒް އަދި ސްޓޯރޫމް އިތުރުކުރެވިގެންދާނެއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން، ވަށަފަރުގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތްތައް ނިންމާލުމަށް، 210 ދުވަސް، މި މަސައްކަތާއި ހަވާލުވާ ކުންފުންޏަށް ލިބިގެންދާނެއެވެ. އަދި، މި މަސައްކަތުގެ އަގަކީ، 4.8 މިލިއަން ރުފިޔާއެވެ.
ހަމައެއާއިއެކު، މި ކުންފުންޏާއި އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ހއ. އަތޮޅުގެ ތުރާކުނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތްތައް ނިންމާލަން ހަވާލުކުރެވޭއިރު، އެ ސިއްހީ މަރުކަޒުގައި ކުރެވޭނެ އަޕްގްރޭޑު މަސައްކަތްތަކަށް ބަލާއިރު،
- އޮފީސް
- މީޓިންގ ހޯލް
- ޕަބްލިކް ހެލްތު އޮފީސް
- ސްޓޯރެޖު އަދި ލޯންޑަރީ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި މި މަސައްކަތްކުރުމަށް އެއްބަސްވުމުގައި ނިންމައިފައިވާ އަގަކީ، 3.4 މިލިއަން ރުފިޔާއެވެ. އަދި، މި މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވާ މުއްދަތަކީ، 180 ދުވަހެވެ.
މީގެއިތުރުން، މިނިސްޓްރީ އޮފް ހެލްތުއިން 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޅ. އަތޮޅުގެ ޅައިމަގު ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުއިން ހަވާލުކޮށްފައިވާ ކުންފުނިއަކީ، އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. އެގޮތުން، މި ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ،
- ޅައިމަގު ސިއްހީ މަރުކަޒުގައި ވޯޑެއް
- ޕްރައިވެޓް ރޫމް
- ލެބޯޓަރީ
- ނަރުހުންގެ ސްޓޭޝަން
- ޕްރޮސީޖާ ރޫމް
- ގަރާޖް އަދި ސްޓޯރޭޖް ރޫމްއެއް އިތުރުކުރުމެވެ.
މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ، 4.8 މިލިއަން ރުފިޔާއެވެ. އަދި، މި މަސައްކަތް ނިންމާލުމަށް ދީފައިވާ މުއްދަތަކީ، 180 ދުވަހެވެ.
ހަމައެއާއިއެކު، ނ. އަތޮޅުގެ އެއް ރަށް ތަދި ފ. އަތޮޅުގެ 2 ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި ހަވާލުކޮށްފައިވާ ކުންފުންޏަކީ، ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. އެގޮތުން، މި ކުންފުނިން، ނ. އަތޮޅުގެ، މަގޫދޫގެ ސިއްހީ މަރުކަޒުގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު،
- ވޯޑެއް
- ލެބޯޓަރީ
- ނަރުހުންގެ ސްޓޭޝަން
- ޕްރޮސީޖާރު ރޫމް
- ލޯންޑްރީ އަދި ސްޓޯރޫމް އިތުރުކުރުން ހިމެނެއެވެ. އަދި، މި މަސައްކަތް ނިންމާލުމަށް ދީފައިވާ މުއްދަތަކީ، 180 ދުވަހެެވެ. އަދި، މި މަސައްކަތުގެ އަގަކީ، 4.8 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ފ. އަތޮޅުގެ ބިލެއްދޫގެ ސިއްހީ މަރުކަޒުގައި، މި ކުންފުނިން ނިންމަން ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ،
- ވޯޑެއް
- ލެބޯޓަރީ
- ނަރުހުންގެ ސްޓޭޝަން
- ލޭބަރ ރޫމް އަދި ސްޓޯރޫމް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން، މި މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވާ މުއްދަތަކީ، 180 ދުވަހެވެ. އަދި، މި މަސައްކަތުގެ އަގަކީ، 4.3 މިލިއަން ރުފިޔާއެވެ.
ހަމައެއާއިއެކު، ފ. އަތޮޅު ދަރަބަނދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް، މި ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، ދަރަބަނދޫ ސިއްހީ މަރުކަޒުގައި ނިންމުމަށް، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ،
- ވޯޑެއް
- ޕްރައިވެޓް ރޫމް
- ލެބޯޓަރީ
- ނާސް ސްޓޭޝަން
- ޕްރޮސީޖަރު ރޫމް
- ގަރާޖް އަދި ސްޓޯރެޖް ރޫމް، އެ ސިއްހީ މަރުކަޒަށް އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
6 ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމަށް، 3 ކުންފުންޏަކަށް ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުވެގެންދާނީ، ރާއްޖޭގެ އަތޮޅުތެރެ، ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު، އަސާސީ ސިއްހީ ހިދުމަތް ލިބުމަށް މަގުފަހިކޮށްދޭ، އަދި ޖުމްލަކޮށް، މުޅި ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

