ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ގުޅުވައި އެމްޑީޕީ ދަނީ ދޮގު ފަތުރަމުން، އެކަންކަމާއި ދެކޮޅަށް މަޖިލީހުގައި މެމްބަރުން ތެދުވާނެ: ހުސެއިން

ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ގުޅުވައި ދައްކާ ހަގީގަތެއް ނެތް ދޮގު ވާހަކަތަކުގެ ސަބަބުން، މަޖިލިސް ތަޅުމުގައި އެ ތުހުމަތުތަކާއި ދެކޮޅަށް ތެދެ ވާހަކަ ދެއްކުމަށް މަޖުބޫރުވެފައިވާކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދިޔައިރު، އެމްޑީޕީ ސަރުކާރަށް ކުރާ ތުހުމަތަކީ ކޮރަޕްޝަނާއި ބޭކާރު ހަރަދުތަކާއި ގުޅުވައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ގޯސްތަކެއް ހިނގާފައިވާކަމަށް ބުނެ، ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ވަނީ ބުނެފަ އެވެ. އެމްޑީޕީ ބުނާ ގޮތުގައި އެ ސަރުކާރުގައި ގައުމުގެ އިގްތިސާދު ވާނީ ރަނގަޅަށް މެނޭޖުކޮށްފަ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ހުސެއިން ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރަކީ ރަން އަހަރުތަކެއްކަމަށް ދެއްކުމަށް އެމްޑީޕީ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުރިހާ ގޯހެއް ހިނގީ ދެ އަހަރުވެސް ނުވާ ރައީސް މުއިއްޒުގެ ސަރުކާރުގައިކަމަށް ދެއްކުމަށް އެމްޑީޕީ ތަކުރާރުކޮށް މަސައްކަތް ކުރަމުން ގެންދަނީ އެ ޕާޓީގެ ކޮރަޕްޝަނާއި ވައްކަން ރައްޔިތުންނަށް ފޮރުވައި އޮޅުވާލުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނާޖާއިޒު ނަހަމަ ގޮތުގައި އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް، އަދި އެފަދަ ކަންކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ފިޔަވަޅު އަޅަމުން ގެންދަވަނީ ރައީސް މުއިއްޒުކަމަށް ހުސެއިން ވިދާޅުވި އެވެ. މެމްބަރު ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ހެއްކެއް ނެތި، މި ސަރުކާރުން އިވޭ އަޑުތަކަށް ބުރަވެ އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ. އޭގެ ބަދަލުގައި އިދާރާއެއް، ނުވަތަ ކުންފުންޏެއްގައި ކޮރަޕްޝަން ހިންގާކަމަށް ހެއްކާއި އެކު ހުށަހެޅުމުން އެތައް ބަޔަކަށް ފިޔަވަޅު އަޅާފައިވާނެކަމަށް ހުސެއިން ވިދާޅުވި އެވެ.

މިހެން ހުންނަ ކަންތައްތަކެއް.. ރަނގަޅު ކަންތައް ރަނގަޅު ކަންތަކުގައި ބަލައިގަންނަން ޖެހޭ ދެއްތޯ… އަޅުގަނޑުމެންނަށް ފެނުނީ ނިމިދިޔަ ސަރުކާރުގައި ހުސް ހެޔޮ ކަންތައް އޮވެފައި އަދުގެ ޕީއެންސީގެ ވެރިކަމުގައި ދެ އަހަރުނުވާ ސަރުކާރުގެ ބޮލުގައި ހުރިހާ އިލްޒާމެއް އެޅުވިފައި… ހީވަނީ ޕީއެންސީ ސަރުކާރުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ހުރިހާ ގޯސްތައް ހަދާފައި.. ހުރިހާ ކަމެއް ގޯސްކޮށް ކުރާކަމަށް ވާހަކަ ދެކެވޭ ތަން ފެނަނީ… އަދި ރައްޔިތުންނަށް އެގޮތަށް ވިސްނަން ދިނުމަށް ޓަކައި އެގޮތަށް މަސައްކަތް ވެސް ކުރަމުން އަންނަ ތަން ފެންނަނީ. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ ޒިންމާއެއް އެއް..

ހުސެއިން ވިދާޅުވީ ސަރުކާރުގެ ރަނގަޅު ކަންކަން ބަލައިގަނެ، އެކަމަށް ތައުރީފު ކުރަން ޖެހޭ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެންމެ ރަނގަޅު ވެރިކަންކަމަށް ބައެއް މީހުން ދައްކާއިރު ދެ އަހަރު ވެސް ނުވާ ޕީއެންސީގެ ވެރިކަމުގައި ދޮގު އިލްޒާމުތައް އަޅުވަމުން ގެންދާކަމަށް ހުސެއިން ވިދާޅުވި އެވެ. ހުސެއިން ވިދާޅުވީ ގައުމުގެ މާލީ ނިޒާމު އަނދަވަޅެއްގައި އޮތީ، ރައީސް މުއިއްޒުގެ ސަބަބުންކަމަށް ދެއްކުމަށް އެމްޑީޕީ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް ފައިސާ ޗާޕުކޮށް ލޯނު ނެގުމުގެ ސަބަބުން އިގްތިސާދު އެއްކޮށް ފުނޑުފުނޑުވީ އެމްޑީޕީގެ ސަބަބުންކަމަށް ހުސެއިން ވިދާޅުވި އެވެ.

ކޮރަޕްޝަނަށް އެމްޑީޕީގެ ސަރުކާރުގައި އިންތިހާއަށް ޖާގަ ދެވިފައި އޮތް އިރު، އެފަދަ އެއްވެސް މައްސަލައެއްގައި އެޅި ފިޔަވަޅެއްނެތްކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ހާމައަށް ހެއްކާއި އެކު ފެންނަން ހުރި ކަންކަމުގައި ވެސް އޭރު އަޅާނުލައި ދޫކޮށްލީކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ މަޖިލިސް ތަޅުމުން ފެށިގެން، އެކި ޖަލްސާތަކައި އާންމު ބައްދަލުވުންތަކުގައި ގޯސްކުރަނީ މި ސަރުކާރުކަން ހުސެއިން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަތައް އެގޮތަށް ފަތުރާނަމަ އެކަމާއި ދެކޮޅަށް ތެދުވެ މަޖިލިސް މެމްބަރުންނާއި، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ރައީސް މުއިއްޒު ދިފާއު ކުރާނެކަމަށެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާއި ސަރުކާރާއި ގުޅުވައި މިފަފަ ވާހަކަތައް އެމްޑީޕީ ތަކުރާރުކޮށް ދައްކަމުން ގެންދާތީ، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް ޕީއެންސީއަށް ވަނީ މަޖިލިސް ތަޅުމުގައި މަޖުބޫރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: