ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުން ފެށިގެން ދުންފަތުގެ ބާވަތްތައް އެތެރެ ކުރެވޭނީ ޕެކޭޖުގެ ބޭރަށް އިންޒާރު ޗާޕުކޮޮށްގެން!

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 18 އިން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެ ކުރެވޭނީ ސިއްޙަތުގެ އިންޒާރު، ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށް އަންގައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހާމަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނޫ“ އަދި އެ ޤާނޫނޫ ދަށުން އާންމުކޮށްފައިވާ ”ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވައިދު“ގެ ފަސްވަނަބާބު ބަޔާންކުރާގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވައްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވައްތައް ހިމެނޭ އުފެންދުންތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައިކަމަށެވެ.

ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ”ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓުސް ފޮރ ހެލްތު ވޯރނިންގ“ގެ ފުރަތަމަ އިސްލާހު 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައިކަން އެޗްޕީއޭއިން ފާހަގަކުރިއެވެ. މި އުސޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މީގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭ އެތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންނެވެ. މިގޮތައް އަމަލު ކުރަން ފަށާ ތާރީހަކީ 2026 ޖަނަވަރީ 28 އެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އަންނަނީ މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: