ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބިލަށް މަރުގެ އަދަަބު ދިނުމާއި ގުޅޭ އިސްލާހު ދެ ހަފްތާ ތެރޭގައި ހުށަހަޅަނީ!

ބަންޑާރަ ނައިބު އަހުމަދު އުޝާމް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާއި ބެހޭ އިސްލާހުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭވަރުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މަސްތުވާކަތީގެ ވިޔާފާރިކޮށް، އެ ބޭނުން ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމާއި ގުޅޭ ވާހަކަތައް ދެކެވުނު ނަމަވެސް މިހާތަނަށް ގާނޫނަށް އެދެވޭ ބަދަލުތައް ގެނެވިފައި ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިހިބިލިޓޭޓުކޮށް، އޭގެ ބޮޑުންކަމަށް ފާހަގަކުރެވޭ މީހުންނަށް ގަނޫނީ ނިޒާމުގެ ތެރެއިން ދެވޭ އެންމެ ބޮޑެތި އަދަބުތައް ދިނުމަށް ބިލެއް ފަރުމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ ފަހުކޮޅު ބިލެއް ހުށަހެޅި އެވެ.

އެ ބިލުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުންނަށް މަނީލޯންޑްރިންގެ ދައުވާ ކުރުމާއި، ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުމަށް ހިމަނާފަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމަށް ބަލައި، އެ ދައުވާ އުފުލޭނެ ހާލަތްތައް ތަފްސީލުކޮށްފައި ވެއެވެ. ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، މަސްތުވާކަތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. އެކަމަކު ބިލު ހުށަހެޅިއިރު އެފަދަ މާއްދާއެއް ނެތެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތީގެ ވަބާއން މުޖްތަމައު ސަލާމަތް ކުރުންކަމަށްވުމާއި އެކު، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ބިލު ފަރުމާ ކުރުމަށް އަންގަވައި އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ބިލުގެ މަސައްކަތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް އުޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް އިސްލާހު ހިމެނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ހޯމްލޭންޑް މިނިސްޓްރީއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްގެ އިތުރުން، ފުލުހުންގެ ހިދުމަތާއި އެކު މަޝްވަރާތައް ފަށާފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ކަނޑައެޅުމާއި ގުޅޭ މާއްދާގެ ބައިތައް ހުށަހަޅާނީ، ކޮމިޓީ މަރުހަލާގައި އޮތް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. އަދި ދެ ހަފްތާއަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާހުތައް މަޖިލީހަށް ފޮނުވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: