އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދޭން ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އެޕްރީލް މަހު ވަނީ ”ލިވް އަންލިމިޓަޑް“ ގެ ނަމުގައި ކެމްޕެއިން ފަށާފައެވެ. އެގޮތުން، މި ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. އަދި، ނަސީބުވެރިންގެ ޕޫލަކުން، 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްއެއް ލިބިގެންދާެނެއެވެ. އެއީ، ދެ މީހަކަށް ހައްޖު ދަތުރު ދިޔުމުގެ ފުރުސަތެވެ.
މީގެއިތުރުން، އޮގަސްޓު މަހުގެ 1 އިން ފެށިގެން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް، އުރީދޫގެ ވަކި ޑޭޓާ ޕެކްތަކުން 20 އިިންސައްތައާއި ހަމަޔަށް ބޯނަސް ލިބިގެންދާއިރު، މި ބޯނަސް ޑޭޓާ 4 ހަފްތާއަށް ބޭނުން ކުރެވޭނެއެވެ.
ހަމައެއާއިއެކު، އޮގަސްޓު މަހުގެ ފުރަތަމަ ތިނަ ދުވަހު، އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫގެ އެޕްލިކޭޝަން މެދުވެރިކޮށް، ”ސްޕިން ދަ ވީލް“ ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް ހޯދޭނެއެވެ.
މީގެއިތުރުން، އޮގަސްޓް މަހުގެ ތެރޭގައި އެމް-ފައިސާ މެދުވެރިކޮށް ފުޑީސް އެޕްލިކޭޝާނުން ކުރާ އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
އުރީދޫއަކީ، ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ. އެގޮތުން، އުރީދޫއިން، ރާއްޖޭގައި ހަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގައެވެ.
ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ މިއަދު، 1 އޮގަސްޓު 2025 އަށް 20 އަހަރު ފުރުނީއެވެ.

