ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) ގެ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދެމުން އަންނަ އެވޯޑްތަކަށް ކުރިމަތިލާން ރާއްޖޭގެ ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ، ކޮންމެ ކެޓަގަރީއަަކަށް ރާއްޖޭގެ އެއް ޖަމިއްޔާއަަށް ކުރިމަތިލެވޭނެކަމަށެވެ. ނަން ހުށަހަޅާ އިރު އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާނެކަމަށް ބުންޏެވެ.
ކުރިމަތިލާން ހުޅުވައިލި އެވޯޑްތަކަކީ:
- އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސަސަކަވާ ހެލްތު ޕްރައިޒް
- ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، ”ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިން“
- ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
- ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން
އެވޯޑްތަކަށް ކުރިމަތިލާން ޝައުގުވެެރިވާ ޖަމިއްޔާތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ އަންނަ މަހުގެ 30 އަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހެލްތު މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޝަންގެ ނަމްބަރު 3014375 އިން ހޯދޭނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

