ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25 އ.) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު، 10 ދުވަހުގެ މުއްދަތަށް ވަނީ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނުމުންނެވެ. އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

