ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނަކުން ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ މައްސަލަ ހައްލު ކުރާނެކަމަށް ބުނެ ރައްޔިތުންނަށް ދޮގު ވައުދުތަކެއްވުމަށް ފަހު، ސަރުކާރުން ޑޮލަރުގެ ކޮންޓްރޯލް އެއްކޮށް ނަގާފައިވާކަމަށް

ންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުން އިންތިހާއަށް ވަނީ ދަތިވެފައެވެ. އަދި ކުރިޔަށް އޮތީ ބޮޑު ޗުއްޓިކަމަށްވުމާއި އެކު ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ، އަގު އިތުރަށް އުފުލިގެން ގޮސްދާނެކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަމަށެވެ. ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާއިރު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބޭކަން މައުރޫފް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ރެވެނިއުގެ ގޮތުގައި ދައުލަތަށް ޑޮލަރު ލިބޭ މިންވަރު އިތުރުވެފައިވާކަމަށް އެކި މުނާސަބާތަކުގައި ހާމަކުރާއިރު، ބައެއް ފަހަރު އަދަދުތައް ވެސް ނުރަސްމީކޮށް އިއުލާނު ކުރާކަން މައުރޫފް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ވެސް ޑޮލަރުގެ އަގު ހައްލުނުވެ، ޑޮލަރު ލިބުން ދަތިވެފައިވާތީ ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް އިޝާރާތްކުރެއްވި ގޮތުގައި، ކުރީގެ ދުވަސްތަކުގައި ޑޮލަރުގެ މައްސަލައިގައި ބްލޭމް ކުރެވުނީ ބޭންކުތަކަށާއި ވިޔަފާރިވެރިންނަށާއި ބްލެކް މާކެޓްގައި ޑޮލަރު މާރުކުރަން އުޅޭ ފަރާތްތަކަށް ނުވަތަ ހުއްދަ ނެތި ޑޮލަރު މާރުކުރާ ބަންގްލަދޭޝް ފަދަ ބޭރުގެ ފަރާތްތަކަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެހެންނެއް ނޫން. ސަރުކާރުން ގާނޫނެއް ގެނައީ އެ މައްސަލަ ހައްލުކުރަން. މުޅި ޑޮލަރުގެ ކޮންޓްރޯލް މިއަދު މި ތިއްބެވީ ސަރުކާރުން ނަންގަވައިގެން

މައުރޫފް ވިދާޅުވީ، ސަރުކާރުން އެ ކޮންޓްރޯލް ނެންގެވީ ގާނޫނު ފާސްކޮށްގެން މައްސަލަ ހައްލުކޮށްދޭނެކަމަށް ރައްޔިތުންނަށް ދޮގު ވައުދުތަކެއްވެގެން ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ޑޮލަރު ލިބެންޖެހޭނީ 15.42 ރުފިޔާގެ ރޭޓުންނެވެ. އަދި އެ ރޭޓުން ޑޮލަރު ގަންނަން ލިބޭ ނަމަ، އެއްވެސް ރިސޯޓު މުވައްޒަފަކު ވެސް ނުވަތަ ޓީއެމްއޭގެ މުވައްޒަފުން ނުވަތަ އެހެން މީހަކު ވެސް ކަންބޮޑުވެގެން ނޫޅޭނެކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު އޮތް ހާލަތުގައި، ދިވެހި އާންމު އެތައް ރައްޔިތުންނެއް ގޭތެރޭގެ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަންނަން ބޭރުގެ ވެބްސައިޓްތައް މެދުވެރިކޮށް ވިޔަފާރިކުރާއިރު، އޭގެއިން ވެސް ވަކި އިންސައްތައެއް ނަގަން ނިންމުމުގެ ސަބަބުން ދަތިތައް ދިމާވެފައިވާކަމަށް މައުރޫފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: