ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޖަމީލް އައްޔަނު ކުރައްވައިފި

އިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އައްޔަނު ކުރުން/ ފޮޓޯ: ހައިކޯޓު މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަނުކޮށްފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުމުން، އެ މަގާމަށް 18 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ ފަނޑިޔާރު ޖަމީލުގެ އިތުރުން މުހައްމަދު ޝަހީދު އައްޔަނު ކުރުމަށެވެ.

ޝަހީދު މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވާފައި ވާތީ، އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ނަން އަނބުރާ ގެންދެވީ އެވެ. ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް ހުށަހެޅުއްވީ ނުބައި ގޯސް ތަސައްވުރެއް އުފެއްދުމަށް ޖާގަ ދިނުމަށް ބޭނުން ނުވާތީ ކަމަށެވެ.

އެހެންވެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ޖަމީލް އެކަންޏެވެ.

ހައިކޯޓުގައި ހުސްވީ ދެ ފަނޑިޔާރުންގެ މަގާމުކަމަށް ވާތީ، ޖޭއެސްސީން ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތަކަށް ހުޅުވާލާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: