ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަށް ލިބޭ އެހީ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ބާރުވެރިކުރުވުން: މެންބަރު ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކަށް ލިބޭ އެހީ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ބާރުވެރިކުރުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވާދެއްވައެވެ.

މި ބިލު ހުށައެޅުމުގެ މަގްސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާތައް ގާނޫނުގައި ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުމެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި، ކައުންސިލްތަކުގެ މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

ބިލު ހުށައެޅުއްވި މެންބަރު ވިދާޅުވި ގޮތުގައި މި އިސްލާހު މުހިންމީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ސާފުކޮށް ކަނޑައެޅުމަށެވެ. އަދި އާންމު ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި މިކަންކަން ހިނގަނީ ހާމަކަށް ބޮޑު ނިޒާމެއްގެ ތެރެއިންކަން ކަށަވަރުވެފައި އޮތުން މުހިންމުކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

މި އިސްލާހާއިއެކު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރެވިގެންދާނެކަމަށާއި، އަދި ދައުލަތުން ކައުންސިލްތަކަށް ދޫކުރާ އެހީ މުރާޖައާ ކުރެވި، ބޭނުންތެރިކަމާއިއެކު އެ ފައިސާ ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، މި އިސްލާހާއިއެކު ކޮރަޕްޝަންގެ މައްސަލަތަކުންވެސް ރައްކާތެރިވެގެންދާނެކަމަށެވެ.

މި އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް އަލަށް އިންތިހާބުވާ ފަރާތްތައް އިތުބާރު އޮންނާނެހެން މަސައްކަތް ކުރުމަށް މަގުފަހިވެ، ބާރުއެޅިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއާއިެކު ހަރަދު ކުޑަވެ، ފައިސާ ބޭނުންތެރިކަންކަމަށް ހަރަދުކުރެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: