ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނަކަށް އިސްލާހެއް ގެންނަނަމަ ހުރިހާ ދިމާލަކުންވެސް ހަމަހަމަ ވާން ޖެހޭ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނަކަށް އިސްލާހެއް ގެންނަނަމަ ހުރިހާ ދިމާލަކުންވެސް ހަމަހަމަ ވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ، މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފަ އެވެ. ކައުންސިލްތަކުގެ މާލީ ހަރަދުތަކާއި ބެހޭ ހަރުކަށި އުސޫލުތަކެއް ހިމަނާފައިވާ އެ ބިލާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

ބިލުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ކުރެވެން ނެތީ، ގާނޫނަށް އިސްލާހު ހުށަހަޅާ ސަބަބަކީ ކޮބައިކަން ބިލުގެ މަގްސަދުގައި ތަފްސީލުކޮށްފައި ނެތުމުން ކަމަށެވެ. ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިންތާ، މާ ގިނަ އަހަރުތަކެއް ނުވާއިރު އެ މަސައްކަތުގައި ކައުންސިލެއްގެ ދައުރު ވެސް އަދި ފުރިހަމަ ނުވާކަން ޒިޔާދު ފާހަގަކުރެއްވި އެވެ. އެހެންކަމުން ގެންނަ ބަދަލެއް، އަވަސް ސްޕީޑެއްގައި އިސްލާހު ކުރަން ޖެހޭނީ ވަރަށް ބޮޑު ގޯހެއް ފެނިގެންކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ މާލީ މަސައްކަތްތަކާއި މެދު ގޯހެއް ފެންނަން ނެތެވެ. އަދި މާލީ މިނިވަންކަމުގެ އިސްލާހު ގާނޫނަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ އެކަން އަދިވެސް ހާގީގީ މާނައިގައި ތަންފީޒު ނުކުރެވޭ ކަމަށާއި މިއަދުވެސް ކައުންސިލަތަކަށް މާލީ މިނިވަންކަމެއް ނެތް ކަމަށެވެ.

އޭގެތެރެއިން ފުރަތަމަ 70 ވަނަ މާއްދާގެ (ޅ) އަށް މި ގެންނަ ބަދަލު. އެ ބަދަލުގައި މިގެންނަނީ ކައުންސިލްތަކަށް ކުރެވޭނެ މަސައްކަތްތައް ކަނޑައަޅައިފައި އެބަހުރެޔޭ. ކައުންސިލްތަކުން އުފައްދާ ލޯކަލް ކުންދުނިތަކަށް ކުރެވޭނެ މަސައްކަތް. އެ މާއްދާގެ 3 ވަނަ ނަންބަރުގައި ބުނެފައި މި އޮންނަނީ 10 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަސައްކަތްތަކޭ ކުރެވޭނި. ރާއްޖޭގެ އެވްރޭޖް ކައުންސިލްތަކަށް ބަލާލާއިރު އެއީ ވަރަށް މަދު ކައުންސިލަކަށް އެއީ އިއްޒަތްތެރި ރައީސް މި ވަރު ބޮޑު އާމްދަނީ އެއްގައި މަސައްކަތް ކުރެވޭ ވަރު ހުންނާނީ

ޒިޔާދު ވިދާޅުވީ އެ ރަށެއްގައި އާއްމުކޮށް ކުރާ މަސައްކަތެއް ކައުންސިލްތަކުން ކުންފުނި ހަދައިގެން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން ފަށަންޖެހޭނީ ހުރިހާ ހިސާބަކުންކަމަށް ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިއަދު ފެންނަމުންދާ މަންޒަރަކީ، ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތަކުގެ ތެރެއަށް ވަނުން ކަމަށެވެ. އަދި އައިޖީއެމްއެޗްއިން އައިނުގެ ވިޔަފާރި ފެށުމާއި، އެސްޓީއޯއިން ކާށީގެ ވިޔަފާރި ވެސް ކުރަމުންދާ ކަމަށެވެ. އެއަށް ފަހު އެމްޓީސީސީ ޓެކްސީ ލައިން ތައާރަފު ކުރުމަށް ތައްޔާރުވެފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ. އެހެންއެކަން އޮތް އިރު ގާނޫނުތަކުގައި ރަށްރަށުގައި މަސައްކަތް ނުކުރެވެނެ ކަމަށް ލިޔުމަކީ އިންސާފެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ރަނގަޅު ނިޔަތެއްގައިކަމަށް ގަބޫލު ނުކުރެވޭކަމަށް، ޒިޔާދު ވިދާޅުވި އެވެ. އަދި އެއަށްފަހު ގާނޫނަށް އިސްލާހު ގެނައުމަށް ހުރި އިތުރު ކަންކަން ފާހަގަކުރައްވާ ވިދާޅުވީ ކައުންސިލް ދައުރެއްގެ ތެރެއިން އެއް އަހަރު މާލީ އެއްވެސް ކަމެ ނުކުރެވޭނެ ގޮތަށް އޮތުމަކީ ރަނގަޅުކަމަކަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް ރިޔާސީ ނިޒާމެއްގައި ދައުރެއްގެ އެންމެ ފަހު އަހަރަކީ ތަރައްގީ އެންމެ އެދެވޭ ގޮތުގައި އަންނާނެ އެއް އަހަރު ކަމަށް މެމްބަރު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ގަނޫނެއް ގެންނަ ކަމަށް ވާނަމަ ހުރިހާ ގޮތަކުންވެސް ހަމަ ހަމަ ވާން ޖެހޭނެ ކަމަށެވެ. އަދި ދައުރު ނިމެން ދާއިރު ކައުންސިލްތަކަށް އިތުރަށް މުވައްޒަފުން ނުނެގޭނެ ނަމަ ކުންފުނިތަކަށް ވެސް އެ އުސޫލުން، ކޮންމެ ކައުންސިލް އިންތިހާބަކަށް ނުވަތަ ރިޔާސީ އިންތިހާބަކަށް މީހުން ނެގިގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: