ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ދައްކަން ޖެހޭ ލޯނު ދެއްކޭނެފަދަ ހާލަތެއް އަދި ސަރުކާރަކު ނެތް: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ދައްކަން ޖެހޭ ލޯނު ދެއްކޭނެފަދަ ހާލަތެއް އަދި ސަރުކާރަކު ނެތްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަމްހީދު މިހެން ވިދާޅުވީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު ހުށައަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ޑރ ޝަމްހީދު ވިދާޅުވީ މި ބިލުގައި ރަނގަޅު ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލިއްޔަތު ކޮމިޓީއާއި ބައްދަލުކުރިކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، އެމްއެމްއޭއިން ގައުމުގެ ކުރި މަގާއިމެދު ދެކެނީ ވަރަށް ބަނަކޮށްކަމަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ގައުމުގެ ޖީޑީޕީ އިންތިހާއަށް ދަށްވެފައިވާކަން ހާމަވާކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އެގޮތުން 5.5 އިންސައްތައިން ކުރި އަރާނެކަމަށް ބެލި ޖީޑީޕީ، 3.3 އިންސައްތައަށް ދަށްކޮށްފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އެހެންވީމަ ގައުމުގެ ހާލަތު ވަރަށް ދަށް، އެބޭފުޅުންގެ އަންދާޒާތައް ވަރަށް ދަށްކޮށް މި ދައްކަނީ ގައުމާއިމެދު. ކާބޯތަކެތީގެ އިންފްލޭޝަން މިއަހަރު އެބޭފުޅުންގެ ހިސާބުތަކުން ދައްކާ ގޮތުގައި 8.5 އިންސައްތަ ކްރޮސް ކޮށްފި.

ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ކާބޯތަކެތީގެ އިންފްލޭޝަން 8.5 އިންސައްތައިން އަރައިގެން ގޮސްފިއެވެ. އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމުން ސިއްރު ނުކޮށް މި މައުލޫމަތުތައް ހާމަކުރުމަށް އެދިފައިވާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޔޫސަބަލް ރިޒާވް ހުރީ 200 މިލިއަން ޑޮލަރުގައިކަމަށާއި އެ އަދަދު އެވަރަށްވެސް އަރަނީ އިންޑީއާއިން ފޯރުކޮށްދިން އެހީ އެއްކޮށްލުމުންކަމަށް ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، 6 މަސް ދުވަސް ފަހުން ޔޫސަބަލް ރިޒާވް ނެގަޓިވް ވެގެންދާނެކަމަށެވެ. އެއީ އެ ފައިސާއަކީ އަނބުރާ ދައްކަން ޖެހޭ ފައިސާއަށް ރައްކާކޮށްފައިވާ ފައިސާކަމަށްވުމުންކަމަށް ފާހަގަކުރެއްވިއެވެ.

2026 ވަނަ އަހަރު ދައްކަން ޖެހޭ ލޯނު ދެއްކޭނެފަދަ ހާލަތެއް އަދި އޮތްކަމަށް ގަވަރުނަރުވެސް ދެކިވަޑައިނުގަންނަވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: