އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައި ވަނީ، އެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމުންނެވެ.
ޖުޑިޝަރީ ކޮމިޓީގައި ޣަނީގެ ނަން ދިރާސާ ކުރުމަށް، ފަހު މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޣަނީ އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަކަމަށެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، 62 މެމްބަރުން ވަނީ ޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ވޯޓު ދެއްވާފަ އެވެ.
ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނަވަނިކޮށް އޭނާ މަޤާމުން ވަކިކުރީ ކުރީ ސަރުކާރުންނެވެ.
ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އެއަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ. އޭގެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރިއެވެ.

