ޔަންމާ ސްޕެއާގެ ނަމުގައި ޕްރޮމޯޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީއިން (އެމްޓީސީސީ) އިން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކުރުމުގެ ގޮތުން ރަސްމިއްޔާތެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން، މި ޕްރޮމޯޝަން ރަސްމީކޮށް، އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީއެވެ.
ޔަންމާ ސްޕެއާ ޕްރޮމޯޝަނުގައި، އެމްޓީސީސީއިން ވިއްކާ ކޮންމެ ޔަންމާ އިންޖީނު ސްޕެއާ ޕާޓުސް ބައްލަވާ ފަރާތްތަކުގެ ތެރެއިން، ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް، ކޫޕަނެއް ލިބިގެންދާނެއެވެ. އެގޮތުން، ޔަންމާ ސްޕެއާ ޕާޓްސް ގަނެ، ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރި ކުރައްވާ، އެމްޓީސީސީ ކަސްޓަމަރުން ލަކީ ޑްރޯ ޕޫލެއްގަ ހިމެނި، ކޮންމެ 15 ދުވަހުކުން ގުރުވަތު ހޮވުން ކުރިއަށް ގެންދާނެއެވެ.
ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، ސުޒުކީގެ 9.9 ހޯސްޕަވަރުގެ އިންޖީނެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުއްދަތަކީ، 5 އޮގަސްޓުން، 5 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
އެމްޓީސީސީން ބޯޓުފަހަރުތަކަށް ބޭނުންވާ ތަކެއްޗަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި، ”ސާބަސް ޔަންމާ ޕްރޮމޯ“ގެ ނަމުގައި، ފެބްރުވަރީ 15 އިން މާރިޗު 30 ގެ ނިޔަލަށް، އެމްޓީސީސީން ވިޔަފާރިކޮށް، ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް 8 އިންސައްތައިގެ ޑިސްކައުންޓެއް، އެ ޕްރޮމޯޝަންގެ ދަށުން ލިބިގެންދިޔައެވެ.

