ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކުންފުންޏަކުން ޓެކްސީ ލައިނެއް ތައާރަފްކުރަން ނިންމީ ރައްޔިތުންނަށް ތަކުލީފު ބޮޑުވުމުން: މުސްތަފާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުންޏަކުން ޓެކްސީ ލައިނެއް ތައާރަފްކުރަން ނިންމީ ރައްޔިތުންނަށް ތަކުލީފު ބޮޑުވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ވަނީ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާއި ގުޅިގެން އިދިކޮޅުގެ ފަރާތްތަކުން އުފައްދާފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އިދިކޮޅުން ފާހަގަކޮށްފައިވަނީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތަކުގެ ތެރެއަށް ވަންނަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްއިން އައިނުގެ ވިޔަފާރި ފެށުމާއި، އެސްޓީއޯއިން ކާށީގެ ވިޔަފާރި ވެސް ކުރަމުންދާ ކަމަށެވެ. އެއަށް ފަހު އެމްޓީސީސީ ޓެކްސީ ލައިން ތައާރަފު ކުރުމަށް ތައްޔާރުވެފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިކަމަށް ރައްދުދެއްވާ މެމްބަރު ވިދާޅުވީ އެފަދަ ކަންކަމަށް ސަރުކާރނުން ވަންނަން ޖެހުނީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ. ޓެކްސީގެ މައްސަލަ ތެރެއަށް ނުވަތަ އެކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރިނަމަ އެކަން ނާކާމިޔާބު ވެފައިވާ ކަން މެމްބަރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ތަކުލީފު ބޮޑުވެ ސަރުކާރުން އެފިޔަވަޅު އެޅުމަށް ނިންމީ ކަމަށް މެމްބަރު ވިދާޅުވއިެވެ.

މެމްބަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ އިދާރާގެ ތެރެއިން އަދި މަޖިލީހުގެ ތެރެއިންވެސް ކުރައްވަމުން ގެންދަވާ ކަމާށެވެ. އެގޮތުން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމާއި ރައްޔިތުންގެ ހިޔާލު ހޯދުމާއި ބިލު އެންމެ ރަނގަޅު ގޮތުގައި އެކަށައެޅުމުގެ މަސައްކަތްތަކެއް ވަރަށް ބާރު ސްޕީޑުގައި ކުރެވެމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ލާމާރުކަޒީ ނިޒާމަށް ގެނެވޭ އެންމެ ބޮޑު ބަދަލަކަށް ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ ދެއްވާ ގޮތަށް އެކަން ބައްޓަން ކުރެވޭތޯ މަސައްކަތް ކުރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއި ކައުންސިލްގެ އަދަދަށް ބަދަލުތަކެއް ގެނައުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މިހާރު ހުށައަޅާފައިވާ 5 އިސްލާހަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ގަބޫލުކުރަންޖެހޭ ކަމަކީ ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ ކައުންސިލްތަކުގައި އޮތް ކަމަށެވެ.

70 ނުވަތަ 75 އިންސައްތައިގެ ކައުންސިލްތަކަކީ އަދިވެސް ޕީއެންސީ ފިކުރުގެ ކައުންސިލްތައް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާނަމަ، ކައުންސިލްތަކުން ބޭނުން ބަޔަކަށް ބިންތައް ހަވާލުކޮށް، ބޭނުންހާ ބަޔަކަށް ވަޒީފާތައް ދިނުމާއި އަދި ހަރަދުތައް ކުރަން މިވަގުތު ސަރުކާރަށް ވަރަށް ފަސޭހާ ވާނެ ކަމަށެވެ. އަދި އެކަމުން ބަޔަކަށް ފައިދާއެއް ވަންޏާ ވާނީ ޕީއެންސީއަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެހެންނަމަވެސް ރައީސްގެ ވިސްނުންފުޅު ތަފާތު ކަމަށާއި، އެމަނިކުފާނުގެ ހުންނެވީ ގައުމުގެ ކަންކަން ރަނގަޅުކުރުމުގެ ވިސްނުންފުޅު ކަމަށެވެ. ރައްޔިތުންނަށް ހެޔޮ ގޮތް ތަކެއް ހޯދައިދީ، ގައުމުގައި ހުރި ގޯސްކަންކަން ރަނގަޅުކޮށް، ކޮރަޕްޝަންފަދަ އަމަލުތައް ހުއްޓުވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

“ މިއިސްލާހުގެ ސަބަބުން ގެއްލުމެއް ވަންޏާ ވާނީ ސަރުކާރަށް ތާއޭ. އަދި އެވާހަކަ ދައްކަންވެސް ޖެހޭނީ ސްރުކާރުންތާއޭ، ތިމަންނަ މެންނަށް ރައްޔިތުންގެ މަޖިލީހުން ތި ފާސްކުރާ ގާނޫނުން އެބަ ގެއްލުން ވެޔޭ. އެހެންނަމަވެސް ސަރުކާރުން ހުށައެޅިގެން ދިޔަ ބިލެއް މީ އިނގޭތޯ. މައިގަނޑު 5 ކަމެއް ނުވަތަ 5 ބަދަލެއްގެ މައްޗަށް، އެ ގާނޫނުގެ 70 ވަނަ މާއްދާއަށް ގެނެވޭ އިސްލާހެއް. އެ އިސްލާހުގައި ހަގީގަތުގައި މި ބުނެދެނީ ކޮންއެއްޗެއްކަން ރަޔިތުންނަށް އެނގުންވެސް ވަރަށް މުހިންމު ކަންނޭގެ. އެ އިސްލާހުގައި މި ބުނެދެނީ ވިޔަފާރި ކުރުމާއި، ވިޔަފާރި އުފެއްދުމާއި މިކަންކަމަކީ މިހާރުވެސް ކައުންސިލްތަކަށް އޮތް ބާރެއް. އެހެންނަމަވެސް އޭގަ މި ގެނެވޭ އިސްލާހަކީ އެހެން އޮތް ކަމުގައި ވީނަމަވެސް މި މާއްދާގެ (ށ)ގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރިތަކަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ކަންކަމަށް ވާން ޖެހޭނެއޭ“

މެމްބަރު ވަނީ ގާނޫނަށް ހުށައަޅައިފައިވާ އިސްލާހުތަކުގެ ޝަރުތުތައްތަކުގައިވާ ކަންކަން ފާހަގަކުރައްވާފައެވެ. ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން:

1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

މެމްބަރު ވިދާޅުވީ ފުރަތަމަ ޝަރުތުގައި އެބުނަނީ އަމިއްލަ ފަރުދުން ކުރަމުންގެއްދަ ވިޔަފާރީގެ ތެރެއަށް ކައުންސިލުން ވަދެގެން ނުވާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ ކައުންސިލްތައް ވާން ޖެހޭނީ އެ ވިޔަފާރިތަކަށް ސަޕޯޓްކޮށްގެން އާއްމު ރައްޔިތުންގެ ވިޔަފާރިތައް ކުރިއަށް ގެންދާ ބަޔަކަށް ކަމަށެވެ.

މެމްބަރު ވިދާޅުވީ މި ގެނެއި ބަދަލުތަކުގެ ފައިދާ ކުރާނީ އެ ރަށްރަށުގައި ވިޔަފާރި ކުރަމުންގެންދާ މެދު ފަންތި ނުވަތަ ކުދި ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: