ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ.
އެންމެ ފަހުން ރައީސް ސިންގަޕޫރަށް ކުރެއްވީ ރަސްމީ ދަތުރުފުޅެކެވެ. މިދިޔަ ޖޫން މަހުގެ 29އިން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކޮށްފައިވެއެވެ.
އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެ ފަހަރު އެ މަނިކުފާނު ވަޑައިގަތީ ހެލްތު ޗެކަޕެއް ހެއްދެވުމަށެވެ.

