ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރުމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެމްއޭގެ ބޮޑެތި ފިޔަވަޅުތަކެއް!

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިމާވި ދަތިތައް ހައްލުކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތަކެއް އާޅާފައިވާކަން އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާގޮތުން ކޮވިޑް 19 ގެ ބަލިމަޑުކަން އައުމާއި ގުޅިގެން އޭރު އޮތް ރައްޔިތުންގެ މަޖިލީހުންވަނީ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާއެއް ސަސްޕެންޑުކުރުމަށްފަހު ފައިސާ ޗާޕުކޮށްފައިކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން އެ އަދަދުތައް ބޮންޑުތަކަށް ބަދަލުކޮށްފައިކަމަށާއި ރައްޔިތުންގެ ބެންކު އެކައުންޓުން ފައިސާ ޗާޕުކުރުމަށް ޖާގަ ލިބިފައިވުމުގެ ސަބަބުން ރާއްޖޭގެ ބެންކިންގް ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ނޫޓުތަކުގެ އަަދަދު 2020 ވަނަ އަހަރާއި އަޅާބަލާއިރު 178 އިންސައްތަ އިތުރުވެފައިކަމަށެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ބެންކުތަކުން ސަރުކާރުގެ ޓީބިލާއި ބޮންޑުތަކަށް އިންވެސްޓުކުރުމުގެ ސަބަބުންނާއި ރުފިޔާއިން ދޫކުރި ލޯނުތައް އިތުރުވުމުގެ ސަބަބުން 2024 ވަނަ އަހަރުގެ ތެރޭގައި ރުފިޔާގެ ނޫޓުގެ އަދަދު އިތުރުވުމުގެ މައްސަލައަށް ކޮންވެސް ވަރެއްގެ ހައްލެއް ލިބިގެންދިޔަކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ތެރޭގައި ލިކުއިޑިޓީ މައްޗަށް ދިޔަކަމަށާއި ޖޫން މަހުގެ ނިޔަލަށް އެވަރެޖްކޮށް ބަލާއިރު ލިކުއިޑިޓީ ހުރީ 7 ބިލިއަން ރުފިޔާގައިކަމަށެވެ. އެހެންކަމުން އަހަރުން އަހަރަށް ބަލާއިރު 2 އިންސައްތައިގެ އިތުރުވުމެއް އޮތްކަން ފެނިގެންދާކަމަށެވެ.

ބެންކުތަކުގައި ހުރި ޑިޕޮސިޓުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރަން ފެށުމުގެ ސަބަބުން ދިވެހި ރުފިޔާ ޑިޕޮސިޓްތައް ވަރަށް ބޮޑަށް އިތުުރުވިކަން ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. މިހާރުވެސް ރުފިޔާގެ ޑިޕޮސިޓްތައް އިތުރުވަމުންދާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފަދަ ޑިޕޮސިޓްތައް އަހަރުން އަހަރަށް 18 އިންސައްތަ އިތުރުވެފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުވަމުންދާ މިންވަރު މަޑުޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ދިވެހި ރުފިޔާގެ އަގު ދަށްވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެމްއެމްއޭއިން އަލިއަޅުވާލާފައިވެއެވެ. ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ނިޒާމުގެ ތެރޭގައި ދައުރުވަމުންދާ އެކްސެސް ފައިސާގެ އަދަދު މަދުކުރުމުގެ މަސައްކަތްތައް ފަށާފައިވެއެވެ. މިގޮތުން އޯޕަން މާކެޓު އޮޕަރޭޝަންގެ ދަށުން ރިވާސް ރީޕާޗޭސް މަސައްކަތްތަކެއް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ ދަށުން 2.1 ބިލިއަން ރުފިޔާ މަދުކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ބެންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް ލުޔެއް ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރެވިފައިވާކަންވެސް ހާމަކޮށްފައިވެއެވެ. މިގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ބޭރު ފައިސާގެ މިނިމަން ރިޒާވު ރިކުއަޔާރމެންޓުވަނީ ދެ ފަހަރެއްގެ މަތިން ދަށްކުރެވިފައިކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: