އިސްރާއީލު އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާލުވީ، އިސްރާއިލުގެ އިސްތިއުމާރީ ބާރުގެ ދަށަށް، މުޅި ޣައްޒާ ގެންދިޔުމަށް ނިންމި ނިންމުމަކީ، ފާޅުކަން ބޮޑުގޮތެއްގައި، ދުނިޔޭގެ އިންސާނީ ގާނޫނާއި ވަރަށް ބޮޑަށް ހިލާފުވާ އަމަލެއް ކަމަށެވެ. އަދި، އެ އަމަލުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ، އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގަށް އަރައިގައިގަނެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ،
ރައީސް ވިދާޅުވީ، އިސްރާއިލުގެ މި ނިންމުމަކީ، މިވަގުތުގައި، އިސްރާއިލުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް، ޕަލަސްތީނުގެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން އުފުލަންޖެހިފައިވާ ވޭނާއި ތަކުލީފުގެ އިތުރުން، އެ ސަރަހައްދުގެ ސުލްހަ މަސަލަސްއަށާއި އެ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށެވެ.
ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ފަސްނުޖެހި ދެމުންދާ ތާއިދު އަލުން ކަށަވަރުކުރާކަމަށެވެ. ޣައްޒާގެ ފުރިހަމަ ކޮންޓްރޯލު އަތުލުމަށް ނުވަތަ، ފަލަސްތީނުގެ ބާރާއި އިސްތިގުލާލު ނިގުޅައިގަތުމަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުން ކުރަމުންދާ މަސައްކަތްތަކީ ބަލައިގަނެވޭނެކަމަށް ރައީސް ވިދާލުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ނިންމައިފައިވާ ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާަލާކަމަށެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

