ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީން ޑީޕޯޓްކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދަނިކޮށް ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން ރައްޔިތުންނާއި ބަންގްލަދޭޝްގެ އެއް ރައްޔިތެކެވެ.

ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 11 ވަނަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަނުގައި މ. ރަންފިޔަ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 511 ފުޅި ފުލުހުންނަށް ވަނީ ފެނިފައެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނުވެސް ވަނީ އެތަނުން ފެނިފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އެޕާޓްމަންޓަށް ވަތްއިރު ބަނގުރާ ކައްކައި، ތައްޔާރުކޮށް، ކޭސްތަކުގައި ބަންދުކުރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ. ”އެއް ކޮޓަރީގައި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއި އާލާތްތައް ހުރިއިރު، ދޮޅު ފޫޓު ނުވަތަ ދެ ފޫޓުގެ ދެ ޕްރެޝަރ ކުކަރު ގޭސް އުނދުނަކަށް އަރުވާފައި ހުރިކަން ފާހަގަކުރެވުނު،“ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު ބިދޭސީން ޑީޕޯޓްކުރުމަށް ނިންމާފައިވާކަން ފުލުހުން ހާމަކުރުމާއެކު، ރާއްޖޭގައި ހިނގަމުންދާ މިފަދަ ޤާނޫނާ ޚިލާފު ޙަރަކާތްތަކާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: