ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2026 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި؛ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު

ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިޔުކޭޝަން މިނިސްޓްރީން 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފިއެވެ. މި ކަލަންޑަރުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގިނަ ބެލެނިވެރިން އެދިވަޑައިގެންނެވި ފަދައިން، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލުކުރެވިފައިވުމެވެ.

އާ ކަލަންޑަރާ އެކު 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ. މީގެ އިތުރުން، އަހަރުގެ ތެރޭގައި ދަރިވަރުންނަށް އެކި ދިގުމިނުގެ ޗުއްޓީތައް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މެއި މަހުގެ މިޑް ޓާމް ބްރޭކާއި، ޖުލައި މަހުގެ ފުރަތަމަ ޓާމުގެ ޗުއްޓީ އަދި އަހަރު ނިމޭއިރު ލިބޭ ބޮޑު ޗުއްޓީ ހިމެނެއެވެ.

2021 ވަނަ އަހަރު ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރެވުނު ނަމަވެސް، މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށް ވުމާއެކު، ދަތުރުފަތުރު ކުރުމަށް ދަތިވެ، ގިނަ ބެލެނިވެރިންނާއި ދަރިވަރުން ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދެއްގެ ގޮތުގައިވެސް ހިމެނިފައިވާ ކަމެކެވެ.

އާ ކަލަންޑަރު އެކުލަވާލުމުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޙާލަތަށްވެސް ވަނީ ރިއާޔަތްކުރެވިފައެވެ. މިގޮތުން އެމްޓީޔޫސީ އާއި ޓީމްގެ އިސްވެރިންގެ ލަފާ ހޯދައި، ރިސޯޓު މުވައްޒަފުންނަށް ޗުއްޓީ ނެގުމަށް ފަސޭހަވާނެ ގޮތަށް އަހަރުގެ މެދުތެރެއިން ދެ ހަފްތާގެ ޗުއްޓީއެއް ވަނީ ހިމަނާފައެވެ.

މުހިންމު ތާރީޚުތައް

2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނޭ މުހިންމު ތާރީޚުތަކުގެ ތެރޭގައި:

  • އޭ ލެވެލް ކިޔަވައިދޭން ފެށުން: ޖޫން 7
  • ފުރަތަމަ ޓާމު ޓެސްޓު: މެއި 30 އިން ޖޫން 9 އަށް
  • ކޭމްޕް އަދި އިތުރު ހަރަކާތްތައް: އޮގަސްޓް 22-25
  • ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ: މާރޗް 1-8 އަދި ނޮވެމްބަރު 12
  • ދެވަނަ ޓާމު ޓެސްޓު: ޑިސެމްބަރު 1-10

2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ބަދަލުތަކަކީ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނެވުނު ބަދަލުތަކެކެވެ. މި ބަދަލުތަކާއެކު ދަރިވަރުންނަށް ފުރިހަމަ ތަޢުލީމެއް ލިބުމާއެކު، ޢާއިލާއާއެކު ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: