ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ފަންޑާއި އެހެނިހެން ފަންޑުތަކުން ބޮޑުންގެ އާއިލާތަކަށް ހަރަދުކުރާކަމަށް ރައްޔިތުން ދެކޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތު ފަންޑާއި އެހެނިހެން މިފަދަ ފަންޑުތަކުން ބޮޑުންގެ އާއިލީ ފަރާތްތަކަށް ނަހަމަ މަންފާތަކެއް ހާސިލުކޮށްދިނުމަށްޓަކައި ހަރަދުކުރެވިގެންދާކަމުގެ ޝައްކު ރައްޔިތުންގެ ތެރޭގައި އޮތްކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ޒަކާތު ފަންޑާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ،  ޒަކާތާއި ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅައި އެކަމުގެ މަސައްކަތްތައް ކުރިއަށްދާއިރު ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް  ހުރިކަމަށެވެ. މެމްބަރު ވިދާޅުވީ، ޒަކާތް ދެއްކުން ފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ތެރޭގައި ފަރުވާކުޑަވުން ފަދަ ކަންކަން އޮތްކަމުގެ ވާހަކަތައް އިވިގެންދާކަމަށެވެ. އަދި އެކަން ދިމާވަނީ ކަމުގެ ސައްހަ މައުލޫމާތުތައް އެނގެންޖެހޭ މިންވަރަށް އެނގިފައި ނެތުންކަމަށާއި ނަމަވެސް ގިނަ އަދަދެއްގެ ޝަރުތު ހަމަވާ މީހުން މިފަދަ މަސައްކަތްތައް ހެޔޮ ގޮތުގައި ކުރަމުންދާކަންވެސް ފާހަގަކުރުން މުހިންމުކަމަށެވެ.

މެމްބަރު ވިދާޅުވީ، މިފަދަ މަސައްކަތްތަކުގައި ދިމާވާ މައްސަލައަކީ ކޮންމެ ފަންޑަކަށް ފައިސާ ޖަމާކުރުމުން އެ ފައިސާއިން ހަރަދުކުރެވޭ ގޮތްތަކާއިމެދު ރައްޔިތުންގެ ތެރޭގައި އިތުބާރު ނެތުންކަމަށެވެ. އަދި ޒަކާތުގެ ފައިސާގެ ގޮތުގައި ހާއްސަ އިނާޔަތްތަކެއް ލިބިގެންދާ ގޮތަށް ތައުލީމު ހާސިލުކުރުން ފަދަ ކަންކަމުގައި ހަރަދުކުރެވޭކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮންކަމަށާއި އެ ޝައްކުތައް ނައްތާނުލެވޭ ނަމަ ރައްޔިތުން ޒަކާތް ދައްކާ މިންވަރު ދަށްވާނެކަމަށެވެ.

އެހެންކަމުން ޒަކާތާއިބެހޭ ބިލެއް ފާސްކުރުމަށްވުރެ އެކަމުގެ މައުލޫމާތުތައް ރައްޔިތުންނަށް ސާފުވެގެންދާ ގޮތަށް ބުނެދިނުން މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ބިލަށް ބަލާލާއިރު ގިނަ އަދަދެއްގެ އިދާރާތަކެއް ނުވަތަ ބޯޑުތަކެއް އުފެއްދުމަށް ހިމަނާފައިވާކަން ފެނިގެންދާކަން ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ބިލަށް ބަލާލުމުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާތަން ފެނިގެންދާކަމަށާއި ޒަކާތުގެ ކައުންސިލެއް އުފެއްދުމުގެ އިތުރުން އެކި މަގާމުތަކަށް މީހުން އައްޔަނުކުރުމާއި ދަށުން މަސައްކަތްކުރާނެ މުއައްޒަފުން ނެގުންވެސް ހިމެނިފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުތަކަށްވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރެވޭނެ ވާހަކަ ބިލުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމަށްވުމުން ބިލުގެ ނިޔަތާއިމެދު ސުވާލު އުފެދިގެންދާކަމަށާއި ބަޔާންކޮށްފައިވާ މިންވަރަށް މި ބިލުން ވަޒީފާތަކެއް އުފައްދަންޖެހޭތޯ  ސުވާލު އުފެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: