ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަކްޝޭ އޭނަގެ އަންހެނުން ޓްވިންކަލްގެ ޑާންސް ހުނަރާމެދު ސުވާލު އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލިވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު، އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ މަޝްހޫރު ފިލްމީ ލަވައެއް ކަވަރުކޮށް ސޯޝަލް މީޑިއާގައި ޝެއަރުކުރި ވީޑިއޯއަކަށް މަޖާ ކޮމެންޓެއް ކޮށްފިއެވެ.

ޓްވިންކަލް ކަނާ ވަނީ މަޝްހޫރު އެކްޓްރެސް މަދުރީ ދީކްޝިތްގެ ”ތައްމާ ތައްމާ“ ލަވައިގެ ޑާންސް މޫވްމަންޓްސް ކޮޕީކުރަން މަސައްކަތްކޮށްފައެވެ. މި ވީޑިއޯއަށް ކޮމެންޓް ކުރަމުން އަކްޝޭ ކުމާރު ވަނީ ”ހުނަރު – ސުވާލު އުފެދޭ، ޔަގީންކަން – ނުވެއްޓޭ، އަނބިމީހާ – އަގުނުކުރެވޭ“ މިފަދައިން ލިޔެފައެވެ.

ޓްވިންކަލް މި ވީޑިއޯ ޝެއަރުކުރަމުން ބުނެފައިވަނީ އޭނާއަށް ހީވީ މަދުރީ ދީކްޝިތް ފަދައިން ޑާންސްކުރެވޭ ކަމަށް ނަމަވެސް، ސަންޖޭ ދަތްގެ ސިފަ ގެނެވުނު ކަމަށެވެ. އަދި މި ޑާންސް ސްޓެޕް ދަސްކުރަން އުޅެނިކޮށް ޕެންޑަމިކްގެ ތެރޭގައި ފައި ބިންދައިފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މި ވީޑިއޯއަށް ގިނަ ފޮލޯވަރުން ވަނީ ހިތްވަރުދީ އެކި ކޮމެންޓްތައް ކޮށްފައެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ އަކްޝޭ ކުމާރާއި ޓްވިންކަލްގެ ގުޅުމަކީ ބޮލިވުޑްގެ އެހެން ތަރިންނާ ތަފާތު، ހަގީގީ ލޯބީގެ ގުޅުމެއްކަމަށެވެ.

އަކްޝޭ ކުމާރު އޭނާގެ އިންޓަވިއުތަކުގައި އަބަދުވެސް އަންހެނުންގެ ހުނަރުވެރިކަމާއި ކާމިޔާބީތަކަށް ތަޢުރީފުކުރާކަން ފާހަގަކުރެވެއެވެ. އަދި މީޑިއާގައި ވެސް އަބަދުވެސް އިޙްތިރާމާއެކު މުޢާމަލާތްކުރާކަން ފެންނަން އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: