ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ގާއިމުކުރުމަށް އެމްޕީއެލް އަދި މިފްކޯ ދެމެދު ފަހުމްނާމާއެއް!

އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ޤާއިމުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލް ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެެގްޒެކެޓިވް އޮފިސަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: