ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމަށް ސަރުކާރުން މަޖުބޫރެއް ނުކުރާނެ: މުއްތަލިބު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމަށް ސަރުކާރުން މަޖުބޫރުނުކުރާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުތަކުގެ ތެރެއިން ރައީސް މުއިއްޒު ގެންދަވަނީ ކައުންސިލްތަކާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން ރަށްތަކުގެ މަގުތައް ތަރައްގީ ކުރާއިރު، ލޯކަލް ޓޫރިޒަމަށް ފުރުސަތު އޮންނަ ރަށްތަކުގައި ވެލި މަގުތައް ބަހައްޓައިގެން، މަގުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފެން ބޮޑުވުމުގެ މައްސަލަތަކާއި، މަގި މެއިންޓެއިން ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ހުށަހަޅުއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށް 3 ކައުންސިލަކުން އެދިފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ހަރަދު ކުޑަކޮށް ރައްޔިތުންނަށް، ހިތްހަމަޖެހުމާއި، ހިތްގައިމުކަން ދެމިގެންދާނެހެން މަގުތަކުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ގޮތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަގުފަހިވާގޮތަށް ކަން ކުރަން ބޭނުންވަނީނަމަ، މިގޮތަށް ކުރުން މާ ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ރަށެއްގެ މަސައްކަތެއް ބައްޓަން ކުރާނީ އެ ރަށަކަށް ފައިދާވާނެ ގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި، އެ ރަށެއްގެ ސިފަ ގެއްލޭ ގޮތަށް މަގުތަކުގައި ތާރު އަޅައި ގާ އެތުރުމަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. އަދި އެ ރައްޔިތުންގެ ހުށަހެޅުމަކީ މަގުތަކުން ރަނގަޅަށް ފެން ހިނދޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި އެކު ރަނގަޅަށް މަގު ލެވެލްކޮށް ފަސް އަޅައި ރީތި ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް، އެ ސްކޯޕްގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް ރަށްތަކުގެ ރައްޔިތުންގެ ވިސްނުން ތަފާތުވުމާއި އެކު، އެކަމާއި މެދު މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަގުތައް ރީތިކޮށް ހަދައި، ލެވެލް ކުރުމަކީ ރައްޔިތުން އެދޭނަމަ އެމަނިކުފާނު ވެސް ތަރުހީބު ދެއްވާ ގޮތެވެ. އަދި ފެން ހިނދޭ ގޮތަށް، އެ ކޮމްސެޕްޓުގައި ކުރިޔަށް ދިއުމަށް އެމަނިކުފާނު މަރުހަބާ ކިޔާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: