ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނަށް ފިޔަވަޅު އަޅާނަން، މަގާމުތަކުގައި ތިބެ ހިޔާނާތް ހިންގާ ބަޔަކަށް ވެސް ސަލާމަތެއް ނޯންނާނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެކަމަށާއި، އެފަދަ މައްސަލަތަކުގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދާ ބަޔަކާއި މެދު ވެސް ފިޔަވަޅު އަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހިޔާނާތާއި ވައްކަމަށް ސަރުކާރުގެ ތެރެއިން އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، އެފަދަ ކަމެއްގައި ޝާމިލުވާ ކޮންމެ ބަޔަކާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ހިޔާނާތުގެ މައްސަލަތައް ދައުލަތުގެ މުވައްސަސާތަކުން ބަލައި ތަހުގީގު ކުރަން ފެށުމުން، ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ކޮރަޕްޝަނަށް ޖާގަދޭކަމަށް ބުނެ މަޖިލީހުގައި އިދިކޮޅުން ތުހުމަތު ކުރުމުން، ނާޒިމް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު އެޅި މިންވަރު މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ވެސް ފެންނަން އެބައޮތް ކަމަށެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހެއްކާއި އެކު ފެންމަތިވުމުން، އެ ބައެއްގެ މައްޗަށް ފިޔަވަޅު އެޅިކަން އެނގެން އެބައޮތްކަމަށް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެ، މިހާރު ވެސް ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަކިކުރެވި، ތަންތަނުން އިވެމުންދިޔަ ނޭދެވޭ އަޑުތައް ކެނޑިފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ނަމަވެސް، ސަރުކާރުން ފިޔަވަޅު އަޅާފައި ނެތްކަަމށް ނެތޭ ބުނެވޭނެ ހަމައެއް ނެތެވެ. އަދި ކޮރަޕްޝަން ހިންގާކަމަށް ޝައްކު ކުރެވޭ މީހުންނާއި ދޭތެރޭ ފިޔަވަޅު އަޅާފައިވާއިރު ކުރިޔަށް އޮތްތަނުގައި ވެސް އެގޮތަށް ކުރިޔަށް ދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ކަނޑައަޅަނީ މިންގަނޑެއް… ސަރުކާރާއި ރައްޔިތުންގެ މުދަލުން ވައްކަންކޮށްފައި.. އެކަން ފަހަތަށް ދޫކޮށްލާފައި ދިޔަޔަސް.. އަދި ސަލާމަތެއް ނޯންނާނެކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް، ސާބިތުކަމާ އެއްކޮށް ދައްކައިދޭނަން…

ގައުމު މިކަހަލަ ކަންތަކުން ސާފުކޮށް، މި ހުރި ކަންތައްތައް ނައްތާލުމަށްޓަކައި ރައްޔިތުން އަޅުގަނޑުމެންނަށް މި މެންޑޭޓު ދީ އަޅުގަނޑުމެން މި ތަނަށް ފޮނުވާފައި މި އޮތީ

މަޖިލީހަށް ހުށަހެޅޭ ރިޕޯޓުތަކުން، މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެކަން ހާމަވެގެންދާކަމަށާއި، އެ ކަންކަމުގައި އެއްވެސް މިންވަރަކަށް ޝާމިލުވާ ފަރާތްތަކަށް ރައްކާތެރިކަމެއް ނޯންނާނެކަން ވެސްކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މަގާމެއްގައި ހުރެ ނާޖާއިޒް ފައިދާ ނަގައި، ނުހައްގު މުއްސަނދިކަމެއް ހޯދައިގެން ސަރުކާރާއި ރައްޔިތުންގެ މުދަލުން ވައްކަންކޮށްގެން އެ ބަޔަކަށް ކުރިޔަށް އޮތްތަނުގައި ސަލާމަތެއް ނޯންނާނެ ކަމަށެވެ.

ކޮރަޕްޝަނަށް ސަރުކާރުން ޖާގައެއް ނުދޭނެކަމަށް ތަކުރާރު ކުރައްވައި ނާޒިްމ ވިދާޅުވީ، މި ސަރުކާރުން ތާރީހުގައި ފުރަތަމަ ފަހަރަށް ޔުނިފޯމު އެޅި މުއައްސަސާތައް އޮޑިޓުކޮށްފައިވާކަމަށެވެ. އެގޮތުން ޕޮލްކޯ މައްސަލަ ފާހަގަކޮށް ނާޒިމް ވިދާޅުވީ އެ މައްސަލައިގައި އެކި އިދާރާތަކާއި ބައްދަލުކޮށް ހޯދިފައިވާ ކަންކަމަށް ފިޔަވަޅު އެޅުމުގެ މަރުހަލާ ކުރިޔަށް ދާނެ އެވެ. މިއާއި އެކު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، އެ ފައިސާ ބޭނުން ކުރި މީހުންތައް ވެސް ދެނެގަނެވިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: