ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް: ހިލްމީ

ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރައްވާ މަނަވަރު، ދިވެހިރާއްޖޭގެ ޤައުމީދިފާޢީ ބާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، ”ދަރުމަވަންތަ“ ވެގެން ދާނީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީ ލަޝްކަރަށް އިތުރުވެގެން ދިޔަ މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރަކަށްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، ”ދަރުމަވަންތަ“ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ މިކަމުން ފެނިގެންދަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކުރުމަށް ވެވަޑައިގެން ވައުދު ފުއްދަމުންދާ މަންޒަރުކަމަށެވެ.

މި މަނަވަރު ވެގެން ދާނީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީ ލަޝްކަރުގެ ބާރު އެތަކެއް ގުނައެއް އިތުރު ކުރާނެ މަނަވަރަކަށްކަމަށް ހިލްމީ ވިދާޅުވިއެވެ. އަދި މި މަނަވަރު ވެގެން ދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާލަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށްކަމަށް ފާހަގަކޮށް، ހިލްމީ ވިދާޅުވީ، ހަތިޔާރަށާއި ފަޔާ ޕަވާއަށް ބެލި ނަމަވެސް މިއީ މިހާރު ކޯސްޓްގާޑުގައި ބޭނުން ކުރާ އުޅަނދުތަކާއި އަޅާބަލާއިރު، މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއްކަމަށެވެ.

ހިލްމީ ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރު ލިބިދޭ ސަރަަހައްދު 200 ނޯޓިކަލް މޭލާއި ހަމައަށް ދެމިގެންދާކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ 200 މޭލު ބޭރުގައިވެސް ރާއްޖޭގެ މަސްލަހަތު ހިމެނޭ ސަރަހައްދުތަކެއްވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، އޭގެ ތެރޭގައި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމާއި، ބޯޓު ފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއަށް ލާޒިމްކޮށްފައިވާ މެރިޓައިމް ސާޗް އެންޑް ރެސްކިއު ރީޖަން ހިމެނޭކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ކުރަމުންދަނީ ރާއްޖެއަށް މަތިވެފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ގާބިލްކަން އިތުރުކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ގެންދަވަނީ އަަސްކަރިއްޔާ ވަރުގަދަ ކުރައްވަމުންކަމަށް ވިދާޅުވިއެވެ.

ކައިރި މުސްތަގުބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު ރައީސް މުއިއްޒު އެމްއެންޑީއެފްއަށް ހޯއްްދަވާ ދެއްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދުކަމަށްވާއިރު، މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: