އއ.ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ވ.ފެލިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްދޫ ގޮނޑުދޮށް ހެދުމުގެ ރަސްމިއްޔާތު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާފައި ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ.
މީގެއިތުރުން، އެ މަޝްރޫއު ހިންގުމަށް 7.9 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން ފެލިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ދައުލަތުގެ ބެޖެޓުން ހޭދަކޮށްގެން ކުރިއަށްގެންދާއިރު، އެ މަޝްރޫއު ހިންގުމަށް 18.5 މިލިއަން ރުފިޔާ ހަރަދުވާނެ. އެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމާފައި ސަރުކާރާއި ހަވާލުކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

