ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިން އަދި ތިންވަނަ އެއާލައިނެވެ.

ޓާމިނަލް 1 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް، ޢަލީ ޢާރިފްއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސް ވެރިންނާއި ބިއޮންޑްގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ ވަޑައިގެންނެވި 35 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔުނެވެ. އަދި ބިއޮންޑްއިން ފުރި 43 ފަސިންޖަރުންނަށް ހާއްސަ ހަނދާނީ ހަދިޔާތަކެއް ދެވުނެވެ.

ބިއޮންޑް އެއާލައިންގެ ތަޢާރަފް

ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނުގެ މައިގަނޑު އަމާޒަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މިހާރު ޓާމިނަލް 1 އިން ހިދުމަތް ދެމުންދަނީ މޯލްޑިވިއަން، އެއާ އަރަބިއާ އަދި ބިއޮންޑް އެވެ. އިތުރު ހަތަރު އެއާލައިނެއް މި މަހުގެ ތެރޭގައި ޓާމިނަލް 1 އަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ބިއޮންޑް އެއާލައިންގެ ހިދުމަތް ޓާމިނަލް 1 އިން ފެށުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައި އުފާވެރި ކުރިއެރުމެކެވެ. މި ކުރިއެރުމާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ލަގްޒަރީ މާކެޓަށް އަމާޒުކޮށްގެން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: