ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޑީސީ ހިންގި އިމާރާތުގެ ބައެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) މީގެ ކުރިން ހިންގި އިމާރާތުގެ ކޮންކްރީޓު ބައިތަކެއް ވެއްޓި ހަތަރު އުޅަނދަކަށް ގެއްލުންވެއްޖެއެވެ.

އަމީނީ މަގުގައި ހުންނަ އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓުނުއިރު އެއީ ބޭނުން ނުކުރާ އިމާރާތެކެވެ. ފުލުހުން ބުނެފައި ވަނީ އެ އިމާރާތުގެ ބައެއް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ މެންދުރު 13:00 ހާއިރު ކަމަށެވެ. އެ ބައިތައް ވެއްޓުމާއި ގުޅީގެން ޖެހިގެން ހުރި އިމާރާތަކަށާއި އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ދެ ސައިކަލަކާއި ދެ ކާރަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ހާދިސާއާއި ގުޅުންހުރި އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ބޭނުން ނުކޮށް ގިނަ ދުވަސްވީ އިމާރާތްތައް ވެއްޓުން ފަދަ ކަންކަން ހިނގައެވެ. މިފަދަ ކަންކަމަން ސަލާމަތް ވުމަށްޓަކައި މިފަދަ ބައު އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ވެސް ކުރާ ކަން ފަހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: