ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވަރުނަރުކަމަށް ހާޝިމަށް ރުހުން ދީފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 47 ވަނަ ޖަލްސާގައި، އެމްއެމްއޭގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ފެންނަ ކަމަށް 55 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި. އެ ކޮމިޓީން އެގޮތަށް ނިންމީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް މަޖިލިހަށް ފޮނުއްވީ 29 ވަނަ ދުވަހު ކަމަށް ވާއިރު އޭނާ އާއި އިންޓަރވިއު ކުރީ އާދިއްތަ ދުވަހުއެވެ.

ހާޝިމް ވަނީ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހާށިމް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ ނަޒާހަތްތެރިކަމާއިއެކު ކަމަށެވެ.

ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަން ފޮނުވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަލީ ހާޝިމް މިނިސްޓަރުކަން ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008 އިން ފެށިގެން 2010 ވަނަ އަހަރަށެވެ.

އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަން ވެސް ކުރިން ކުރައްވާފައެވެ.

އޭނާ މިހާރު ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީގެ ޗެއާމަންގެ މަޤާމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: