ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޝުއަރެންސް ބިލު މަޖިލީހުން ފާސްކޮށްފި

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ހުށައެޅި އިންޝުއަރެންސް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމަށް 67 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުށަހެޅުއްވި މި ބިލުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ. ބިލުގައި އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާއި ގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓުކޮށް ސުޕަވައިޒް ކުރުމުގެ އުސޫލުތައް އަދި އެ ނޫންވެސް އިންޝުއަރެންސް ވިޔަފާރިއާއި ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.

މި ބިލު ގާނޫނަކަށް ވުމުން، އިންޝުއަރެންސް ޕޮލިސީ ހޯލްޑަރުންގެ ހައްގުތައް ރައްކާތެރި ކުރެވިގެންދާނެ އެވެ. އަދި އިންޝުއަރެންސް ދާއިރާއަށް އެކަމުން ނުރަނގަޅު އަސަރުކޮށްފާނެ ކަންކަމަށް ތައްޔާރުވެ އެކަށޭނެ ފިޔަވަޅު އެޅިގެންދާނެ އެވެ.

ބިލުގައި ވަނީ ގާނޫނުގެ ދަށުން ދޫކުރާ އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސެންސެއް ލިބިގެން ނޫނީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރުމަކީ، ނުވަތަ ވިޔަރާރު ކުރުން މަނާވާނެ ކަމަށެވެ. މީގެއިތުރުން އިންޝުއަރެންސް ކުންފުންޏެއް ނުވަތަ ލައިންސަންސް ލިބިފައިވާ އިންޝުއަރެންސް ބްރޯކަރެއް ނުވަތަ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް އެޖެންޓެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތީރިޓީގެ ހުއްދަ ހޯދައިގެން ނޫނީ އިންޝުއަރެންސް ނުވަތަ ތަކާފުލް އެ ފަރާތެއްގެ ވިޔަފާރި ނުވަތަ ހިދުމަތް ދިނުމުގެ ނަމުގައި ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ބްރޯކަރެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ އިންޝުއަރެންސް ބްރޯކިންގެ ހިދުމަތް ދީގެން ނުވާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: