ތެދު ބުނުމުން އަދަބު ލިބުނު ދުވަސްވަރަކަށް ދިވެހީންނަށް އެނބުރާ ނުދެވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުގެ ފަރާތުން އަލަށް، ހުށަހަޅައިފައިވާ މީޑިއާ ރެގިއުލޭޝަން ބިލަކީ، ފާޅުކަން ބޮޑުގޮތެއްގައި، ރާއްޖޭގެ މީޑިއާގެ މިނިވަންކަން ނައްތާލުމަށް ކުރެވޭ މަސައްކަތެއްކަމަަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، މިނިވަން މީޑިއާއެއް ގައުމެއްގައި އޮތުމަކީ، އެ ގައުމެއްގެ ޑިމޮކްރަސީއަށް، ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށާއި، ސަރުކާރުން ހުށަހަޅައިފައިވާ މީޑިއާ ރެގިއުލޭޝަން ބިލަކީ، ނޫސްވެރިންނާއި، މީޑިއާތަކަށް ބޭނުންވާ ރައްކާތެރިކަން ނިގުޅައިގަންނެ، މީޑިއާގެ ”ރެގިއުލޭޓަރީ“ ކައުންސިލުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާއަށް ސީދާ ބާރު ލިބިގެންދާނެ ބިލެއްކަމަށެވެ.
ފައްޔާޒު ވިދާޅުވީ، މި ބިލުގެ ސަބަބުން، ނުބެލެހެއްޓޭ، މިންވަރަށް، ކައުންސިލުތަކުން، މިނިވަން މީޑީއާ ވަސީލަތްތައް، ބްލޮކް، ބޭން އަދި ޖޫރީމާނާކުރުމުގެ ހުއްދަ ލިބިގެންދިޔުމާއިއެކު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ބާރު ހުއްޓިގެންދާނެކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވި، ތެދު ބުނުމުން އަދަބު ލިބުނު ދުވަސްވަރަކަށް ދިވެހީން، އެނބުރާ ނުދެވޭނެކަމަށެވެ.

