ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލާ ބިލު އަންނަ ދައުރުގައި މަޖިލީހަށް ހުށަހަޅަނީ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތީވެރީގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އޮތް ޖަލްސާގަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން މީގެ ކުރިން ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ގޮތަށް ވޯޓު ނެގުން ކުރިޔަށް ގެންދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލުގެ ތެރެއިންނެވެ.

މި އިސްލާހުތަކުގެ ބޭނުމަކީ ރާއްޖޭގައި މިވަގުތު މި އޮތް ބަރުހެލި ނިޒާމަށް އިސްލާހު ގެނައުން..

އެހެންކަމުން ރައްޔިތުން އެގޮތަށް ރުހޭނަމަ، 2028 ގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގައި ހުރަހެއް ނޯންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: