ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 އެއްބަސްވުންތަކުގެ ތެރެއިން، 1826 އެއްބަސްވުމުންތަކުގައި ސޮއިކުރެވިއްޖެ: އެފްޑީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

4000 ފުލެޓު ހަވާލުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 1826 އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް ތާވަލުކުރެވިފައިވަނީ 2774 އެއްބަސްވުމެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ޕްރޮސެސްގައި، ފަހި ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށްފަހު، އެޕޮއިންޓްމަންޓް ގަޑި ކަނޑައެޅިގެންދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. މި ލިޔެކިޔުންތަކަކީ ސައްޙަ އަދި ސާފުކޮށް ކިޔަން އެނގޭ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ.

މަޝްރޫޢުގެ މަސައްކަތްތަކުގެ ޕްރޮގްރެސްއާ ގުޅޭގޮތުން އެފްޑީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ދޯދި ޓަވަރު އަދި އުދަރެސް ޓަވަރު ތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. އުދަރެސް ޓަވަރުތަކުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ދޯދި ޓަވަރުތަކުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އެފްޑީސީން އިތުރަށް ފާހަގަކުރިގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: