ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާކަމަށް ރަސްމީކޮށް ނިންމައިފި

ޣައްޒާގެ އެތެރޭގެ މަންޒަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ދަތިކަން ދިމާވެފައިވާކަމަށް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާއިން ރަސްމީގޮތުން އިއުލާނުކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ބަނޑުހައިހޫނުކަން އަދި ކާބޯތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާ އިންޓަރގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އައިޕީސީންވަނީ ޣައްޒާގެ ބޮޑު ސަރަހައްދެއްގައި ކެއިންބުއިމުގެ އިންތިޒާމު ކުރެވެން ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމަލާތައް ހުއްޓާނުލާކަމަށް މުޅި ސަަރަހައްދަށްވެސް ފެތުރިގެންދިއުމުގެ ބިރު އޮތްކަމަށް ބުނެފައިވެއެވެ.

އައިޕީސީން ބުނެފައިވާގޮތުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކަށް މި ދަތިކަން އޮތްކަމަށެވެ. އަދި ކުރިއަށް އޮތް މަސް ދުވަހެއްގެ ތެރޭގައި މުޅި ސަރަހައްދުންވެސް ކާބޯތަކެތި އެއްކޮށް ހުސްވުން އެކަށީގެންވާކަމަށާް ބުނެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ވޭދުވެދިޔަ އެތައް މަހެއްގެ މަތިންވެސް ކާނާ ހުސްވަމުންދާކަމުގެ އިންޒާރުތައް ދެމުންދިއުމަށްފަހުއެވެ. އެކި ފަރާތްތަކުންވަނީ އެ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖާގަ ހުޅުވާލުމަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއީލުން މިކަމަށް އެކަށީގެންވާ ގޮތެއްގެ މަތިން އިޖާބަ ދީފައިނުވެއެވެ.

އިސްރާއީލުން ބުނާގޮތުން އައިޕީސީން އެ ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ މައްސަލަ އޮތްކަމަށް ރަސްމީ ގޮތެއްގައި އިއުލާނުކުރީ އެ ގައުމުގެ މައްޗަށް ބައިނަލްއަގުވާމީ ގޮތުން އޮތް ޕްރެޝަރު އިތުރުކުރުމުގެ މަގުސަދުގައެވެ. އަދިވެސް އެ ގައުމުން ދަނީ ހަމާސް ޖަމާއަތް ބަލިކަށިކޮށްލައި ޣައްޒާ ހިފާނެކަމުގެ ވާހަކަތައް ދައްކަމުންކަމަށަްވުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި މައްސަލަ އިތުރަށް ގޯސްވެގެންދާނެކަމަށް ބެލެވޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: