ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތްކަމަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައީސް ނަޝީދުއަށް ފުލުހުން ފާރަލަމުންދާ ކަން އެމްއެންޑީއެފުން މީގެ ތިން ރޭ ކުރިން އަންގާފައިވާ ކަމަށް އެމަނިކުފާނު އެމްޑީޕީގެ ގައުމީ މަޖިިލީހުގައި ވިދާޅުވުމާއި ގުޅިގެންނެވެ.

