ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ރާއްޖޭގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ތަރުތީބު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެށޭނެ: މިނިސްޓަރ

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފުޅާ ކުރުމަށް ބޭނުންވާ އިމާރަތްތައް ޤާއިމުކޮށް ނިމުމުން މުޅި ރާއްޖޭގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ތަރުތީބު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެށޭނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ހދ ގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިންގާ އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށާއި، އެކަމަށް ޙައްލު ގެނައުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފެށީ އެހެންވެ ކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައްވެސް ޤާއިމުކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު، ކުށަށް މީހުން އަރައިގަތުމުގެ ކުރިން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފުލުހުންގެ މަސައްކަތްތަކުގައި ޚާއްސަ ސަމާލުކަމެއް ދޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް މި މަސައްކަތް ފުޅާކުރެވޭނެ ކަމަށާއި، މިއީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން މުޖުތަމަޢުގެ ތެރޭގައި ޤާއިމުކުރުމަށްޓަކައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢުތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: