ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއި ދެކޮޅަށް ރާއްޖެ ނިކުންނަ މެޗު ބައްލަވާލެއްވުމަށް ޤަލޮޅު ދަނޑަށް ރައީސް ވަޑައިގަންނަވާނެ!

އައި.އޯ.އައި.ޖީ 2018 ވަނަ ގޭމްސްގެ ތެރެއިން. ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

 ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބައްލަވާލެއްވުމަށް ރައީސް ދަނޑަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ މަހުލޫފުގެ ޓުވީޓުގައި ވިދާޅުވީ މިރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ރައީސް ސާލިހް އެފްއޭއެމްގެ ޖާރޒީ ރަސްމީކޮށް ލޯންޗުކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރ މަހުލޫފު ވިދާޅުވި.

މިރޭ ޗައިނާއާއި ދެކޮޅަށް ރާއްޖެ ނިކުންނައިރު ދިވެހި ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މި މެޗުގައި ދިވެހިރާއްޖެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ނިކުންނައިރު، މެޗުގެ ފޯރިގަދަވެގެންދާނެ ކަން ޔަޤީނެވެ.

 ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލާލުމަށް ވިއްކަން ހަމަޖެއްސި 3500 ޓިކެޓު އިއްޔެ ވަނީ ވިކި ހުސްވެފައެވެ.

މާދަމާ ރޭގެ މެޗަށް ދިވެހިންނަށް 2090 ޓިކެޓް ވިއްކާފައިވާއިރު އިދިކޮޅު ޗައިނާގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ 1000 ޓިކެޓެވެ.

 ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗު މިރޭ 8:00 ގައި ގަލޮޅު ރަސްމީދަނޑުގައި ފަށާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: