ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތަކުން ބިދޭސީއެއް ވެއްޓި އަނިޔާވެއްޖެ

ފޮޓޯ:ވީނިއުސް.. މާލޭ މަގުމަތި
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިީދީ މަގުާއި ރަށްދެބައި މަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއެއް ވެއްޓި އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންް ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެންދުނު 10:45 ހާއިރު ކަަމަށާއި އަދި މިހާރުު އިމާރާތުން ވެއްޓިގެން އަނިޔާ ލިބުނު ބިދޭސީ މީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށެވެ.

ފުލުހުން ބުނީ ވެއްޓިފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރެހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މީގެ ކުރިން ވެސް ހަދަމުންދާ އިމާރާތްތަކުން މީހުން ވެއްޓި ވަރަށް ބޮޑެތި އަނިިޔާތަކެއް ލިބިފައެވެ. އެގޮތުުން މިދިޔަ އަހަރު ވަނީ ހަދަމުންދިޔަ އަިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ބިދޭސީ ކުޑަ އަންހެން ކުއްޖެއްވެސް ނިޔާވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: